ޢުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޢުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި

ޢާންމު މީސްމީހުންގެ ޖަނާޒާތަކުގައިވެސް ވަރަށް ގިނައިން ބައިވެރިވެވަޑައިގެންނެވި ޢުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރެވުނީ މިރޭގެ ޢިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ފަސްދާނު ލެވުނީ ގަލޮޅު ސަހަރާގައެވެ. ކަށުނަމާދާއި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ކަށުނަމާދުގައި ބައިވެރިވި ގިނަ ބައަކު ޢުމަރު ޒާހިރުގެ ރިވެތި އަޚްލާޤާއި ހަރުދަނާކަން އަދި ތަޤްވާވެރިކަން ފާހަގަކުރިއެވެ. މީހަކު މަރުވުމުން އެމީހާގެ މިސިފަތަކަށް އެމީހަކަށް ގިނަ ބައެއްގެ ތައްރީފް ލިބުމަކީ ސުވަރުގެ ޙައްޤުވުން ގާތް ކަމެއްގެ ގޮތުގައި ޢިލްމްވެރިން ވިދާޅުވެއެވެ. 

ޢުމަރު ޒާހިރުވަނީ މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އަދި ޢުމަރު ޒާހިރު ބިނާކުރެއްވި މިސްކިތެއް ވަނީ ފުވައްމުލަކުގައި މިމަހު ކުރީކޮޅު ހުޅުވާފައެވެ. މިހިރަ ކަންކަމަކީ ޤިޔާމަތް ދުވަހު އެމީހަކަށް ފައިދާކުރާނެ ކަންކަމެވެ. މިސްކިތެއް އަލައިފި މީހަކަށް ސުވަރުގޭގައި ހަމަ އެފަދަ ބިނާއެއް ﷲ ތަޢާލާ ދެއްވަވާނެތެވެ. إن شاء الله

މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން

މިއަދު އޮންލައިން