ޤައުމީ ޤްރުއާން މުބާރާތުގެ މެއިން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ޤައުމީ ޤްރުއާން މުބާރާތުގެ މެއިން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

34 ވަނަ ގައުމީ ގުރުއާން މުބާރަތުގެ މެއިން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ އެކު ދިރާގުން ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

މިމުބާރާތުގައި 1،700 ކުދިން ބަވާއިރު މުބާރާތުގައި 12 ކެޓަގަރީއެއް ހިމެނެއެވެ. މި މުބާރާތުގައި އަތޮޅު ކައުންސިލްތަކާއި ސްކޫލުތަކާއި ގުރުއާން ކްލާސްތަކުގެ އިތުރުން ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ވަނީ ބައިވެރިވެފައެވެ.

މިކަމާގުޅިގެން ދިރާގުން ބުނެފައިވަނީ މި ފާއިތުވެދިޔަ އަހަރުތަކުގައި ބޭއްވި ގައުމީ ގުރުއާން މުބާރާތްތައް ބޭއްވުމުގައި ދިރާގުން އެހީތެރިވަމުން އަންނަ ކަމަށެވެ.

ދިރާގުން އަބަދުވެސް އަންނަނީ މިފަަދަ ދީނީ ކަންކަމާއި އިޖްތިމާއީ ކަންކަން ކުރިއެރުވުމަށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

މިއަދު އޮންލައިން