އެމްފައިސާ މެދުވެރިކޮށް 10،000ރ. ހޯދުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނެފައިވަނީ 10،000ރ. ހޯދުމުގެ ފުރުސަތުގައި ބައިވެރިވެވޭނީ އެމްފައިސާ މެދުވެރިކޮށް 200ން މަތިން ފައިސާ ހަރަދު ކުރާ ކޮންމެ މީހަކަށެވެ. އަދި މި ފުރުސަތު ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.
އުރީދޫ އެމްފައިސާ އަކީ ފައިސާ ޖަމާ ކުރުމަށާއި ފައިސާ ނެގުމަށާއި ޓްރާންސްފާ ކުރުމަށް އަދި ވިޔަފާރި ކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު އަދި ކޮންމެ ވަގުތެއްގައި ވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތެކެވެ.
މިހިދުމަތުގެ ދަށުން ފެންބިލާއި ކަރަންޓު ބިލު އަދި ގޭހަށް ވެސް ފައިސާ ދައްކާލެވޭއިރު މާލެ އާއި ރަށްރަށުގެ ގިނަ ފިހާރަތަކުން ވެސް އެމްފައިސާ ބަލައިގަނެއެވެ.
Go digital via #mFaisaa and stand a chance to WIN an exciting cash prize of MVR 10,000! Promo valid till 31st December 2021. To register to m-Faisaa, download Ooredoo App: https://t.co/jStb2I6ikk pic.twitter.com/1RmNsah9B9
— Ooredoo Maldives (@OoredooMaldives) December 25, 2021