ރޭވެސް ބަރްބަރީ މިސްކިތުގަ ފަތިސްނަމާދުކުރެވުނީ ބަލިކުއްޖަކު ލީ ހޮޑުތައް ސާފުކޮށްގެން! ނަމާދުކުރާ މީހުން ޢަދާލަތު ޕާޓީގެ ބަހަކަށް އެދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ރޭވެސް ބަރްބަރީ މިސްކިތުގަ ފަތިސްނަމާދުކުރެވުނީ ބަލިކުއްޖަކު ލީ ހޮޑުތައް ސާފުކޮށްގެން! ނަމާދުކުރާ މީހުން ޢަދާލަތު ޕާޓީގެ ބަހަކަށް އެދޭ!

ރޭވެސް ޖަމާއަތުގައި ފަތިސްނަމާދުކުރެވުނީ ނިދަން އޮތް ބަލިކުއްޖަކު ލީ ހޮޑުތައް ދޮވެ ފުހެ ސާފުކޮށްގެންނެވެ.  

މިސްކިތަށް ފުރަތަމަ އެރި މީހުން ބުނީ އެ ބަލިކުއްޖާއަށް ނިދިފައި އޮތީމާ ނަމާދުކުރުމަށްޓަކައި ހޭލަން ގޮވުމުން ތެދުވިތަނާ ހޮޑުލެވުނީކަމަށެވެ.  

މިސްކިތުގައި ތިބި މީހުން ބުނީ މިކަމަށް ޢަދާލަތު ޕާޓީގެ ބަހެއް ބޭނުންވާކަމަށެވެ. ސަބަބުތައް ކަމުގައި ބުނީ:  

1- ބިންމަތީގައި އެންމެ ޙުރުމަތްތެރިވެގެންވާ ތަނަކީ ﷲ ތަޢާލާގެ ގެކޮޅުތައް ކަމުގައިވާ މިސްކިތްތައް ކަމަށްވެފައި ޙިމާޔަތްކޮށް ބަލަހައްޓާނެ ފައިސާ ދައުލަތުން ނުދޭނަމަ އެކަމަށް ޚަރަދުކުރަންޖެހޭ ފައިސާ އަދާލަތު ޕާޓީން ހިންގާ އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ޒަކާތުފަންޑުހުރެމެ ސެކިޔުރިޓީން ބައިތިއްބާފައި ނުވާތީ އާއި ސެކިޔުރިޓީން ބައިތިއްބައިގެން ބަލަހައްޓާނެ ފައިސާ ސިޓީ ކައުންސިލަށް ދީފައި ނުވާތީ!  

2- ފުލުހުންގެ މުއައްސަސާގެ ވެރިކަން އަދާލަތު ޕާޓީއަށް އޮވެމެ ހިމާޔަތްކޮށް ނުބަލަހައްޓާތީ! 

3- އައްޑަތައް ބަންދުކުރީމާ ބަލިކުދިން މަގުމަތިވެ މި މައްސަލަ ނުކުންނާނެކަން އެނގޭއިރު މައްސަލައަށް ޙައްލެއް ނުހޯދައި ފުލުހުން އިސްވެތިބެ އައްޑަތައް ބަންދުކޮށްފައިވާތީ!  

މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި ބަލިކުދިން ބަލަހައްޓަން ރަށެއް ދަނީ ތަރައްޤީކުރަމުންނެވެ. ސުވާލަކީ މިސްކިތްތަކަށް ކުރިމަތިވެފައިވާ މިހިތާމަވެރި މައްސަލައަކީ ކޮރޯނާ ފެތުރުމަށްވުރެ މާނުރައްކާތެރިކަންބޮޑު މައްސަލައަކަށްވެފައި ކޮރޯނާ ފެތުރުމުން ކަރަންޓީނު ކުރާނެ ރަށްތައް ހޯދުނުގޮތަށް މި ބޮޑު މައްސަލަ ޙައްލު ނުކުރެވި މައްސަލަ ލަސްވަމުންދަނީ ކީއްވެގެންތޯއެވެ؟  

މިސުވާލު އުފައްދަން ޖެހެނީ ކޮރޯނާ ކޮންޓްރޯލްކުރެވޭނީވެސް އަދި އެހެންކަންކަން ޙާޞިލްވާނީވެސް މިސްކިތްތައް އެފަރާތަކަށް ޚާއްޞަވެގެންވާ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުން ކަމުގައިވާތީއެވެ.  

"ޤިޔާމަތް ދުވަހު ކޮންމެ މީހަކާއިވެސް ސުވާލުކުރައްވަވާނީ އެމީހަކު ކުރަންޖެހޭ ކަމެއް ނުކޮށް އޮތުމުންނެވެ. އެހެން މީހަކު ކުރާ ކަމެއްގެ ޒިންމާ އުފުލަން ނުޖެހޭނެ" ކަމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.  

މާލެ ސިޓީގެ މިސްކިތްތަކަށް ކުރިމަތިވެފައިވާ މި މައްސަލަ ޙައްލުކުރެވޭނީ ޤާނޫނު އިޞްލާޙްކޮށްގެން ކަމަށް ބުނުމަކީ ދެއްކޭނެ ބަހަނާއެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ޤާނޫނު އިޞްލާޙްކުރާ ބައަކު އެކަންކުރުން ލަސްކުރާނަމަ ޤާނޫނު ފާސްކުރަންދެންވެސް މިސްކިތްތައް ޠޯހިރު ގޮތުގައި ބެލެހެއްޓުމަކީ ބެލެނިވެރިފަރާތުގެ މަސްއޫލިއްޔަތަކަށްވާތީއެވެ.

މިއަދު އޮންލައިން