ރާއްޖެއިން ޑްރަގް މަދުވާކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރާއްޖެއިން ޑްރަގް މަދުވާކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނޭ!

ރާއްޖެ އެތެރެކުރަން އުޅުނު ވަރަށް ގިނަ އަދަދެއްގެ ޑްރަގާއި އެތެރެކުރި ވަރަށް ގިނަ އަދަދެއްގެ ޑްރަގް ވަނީ ރާއްޖޭގެ ސިފައިންނާއި ފުލުހުންނާއި ކަސްޓަމުން އަތުލައިގެންފައެވެ. މިހާރު އަޑުއިވެނީ އިންޑިއާގެ ސިފައިން ވެސް ބައިވެރިކޮށްގެން ޑްރަގް އެތެރެކުރުން ހުއްޓުވަން މަސައްކަތްކުރާ ކަމަށެވެ. އެހެންކަމުން ޑްރަގު އެތެރެކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. 

ސުވާލަކީ ނުކުތީ ކޮން ނަތީޖާއެއްތޯއެވެ؟ ބޭނުންކުރާ މީހުންނަށް ސަޕްލައި ލިބުން މަދުވެއްޖެތޯއެވެ؟ އަގު އުފުލިއްޖެތޯއެވެ؟ ބޭނުންކުރާ އެއްވެސް މީހަކަށް ސަޕްލައި ލިބުމަށް އެއްވެސް ހުރަހެއް އެބައޮތްތޯއެވެ؟ ފައުޅުގައި މަގުމަތީގައި ޑީލްކުރުން މަދުވެއްޖެތޯއެވެ؟  

ޑްރަގުގެ ސަބަބުން ޙާލުގައި ނިކަމެތިވަމުންދާ ޒުވާނުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އެޒުވާނުންނަށް އެހީތެރިވެދީ އެކަމުން ސަލާމަތްކުރަން މަސައްކަތް ކުރެވޭ މިންވަރާއިމެދު އެޒުވާނުން ސުވާލު އުފައްދައެވެ. ޑްރަގު ބޭނުންކުރުން ހުއްޓާލަން ބޭނުންވެގެން އަމިއްލައަށް އެދިގެން ތިބި އެތައްހާސް ޒުވާނުން މިއަދުވެސް އެގެންދަނީ ރިހެބަށް ގެންގޮސްދިނުން އެދި ސަލާންޖަހަމުންނެވެ. ފަރުވާއަށްފަހު ކުރާނެ މަސައްކަތެއް ދައިކައިދިނުން އެދި އެގެންދަނީ ރޮއި އާދޭސްކޮށް ސަލާންޖަހަމުންނެވެ. އަޑު އިވެނީ ކޮންބައަކަށްބާވައެވެ! 

ޤައުމުގެ އެތައް ހާސް ޒުވާނުން ޑްރަގުގެ ވަބާގައިޖެހި އެމީހުންގެ މުސްތަޤްބަލް މިހާރުވެސް ގެއްލިފައިވާއިރު އެ ޒުވާނުން ޑްރަގުގެ ނުރައްކާތެރިކަމުން ސަލާމަތްކޮށްދީ އެމީހުންނަކީ ޤައުމަށް ފައިދާހުރި، އަދި އެމީހުންނަށްވެސް ފައިދާކުރާނެ ދިރިއުޅުމެއް އުޅޭ ބައަކަށް ހަދަން އިތުރަށް މަސައްކަތްކުރަންޖެހޭކަން ކުރީގެ ސަރުކާރުތަކުންނާއި މިހާރުގެ ސަރުކާރުންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ޙައްލެއް ހޯދޭތަނެއް ނުފެނެއެވެ. ވީމާ ޙައްލު ހޯދޭނެ ތިއަރީއެއް ހޯދަން މިވަނީ ޖެހިފައެވެ.

މިއަދު އޮންލައިން