ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެ

އާލާސްކަންފުޅެއްގައި އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެއެވެ.

މުހައްމަދު ރަޝީދު އަވަހާރަވި ވަކި ސަބަބެއް އެނގިފައެއްނުވެއެވެ.

މުހައްމަދު ރަޝީދު ސްޓެލްކޯގެ ޗެއާމަން މަގާމަށް އައްޔަންކުރެއްވީ ފެބުރުއަރީ، 12، 2019 ގައެވެ. އޭނާ ވަނީ ސްޓެލްކޯއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ. އޭގެތެރޭގައި އިންޖިނޭރު ކަމާއި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ސީއީއޯ ކަމުގެ މަގާމު ހިމެނެއެވެ.

މުހައްމަދު ރަޝީދު ވަނީ އެކި މަގާމުތަކުގައި ސްޓެލްކޯއަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.

މިއަދު އޮންލައިން