އީކޮމާސް ޕްލެޓްފޯރމް މޫލީ އިން އަހަރީ ބަންދާ ގުޅިގެން "އިޔާ އެންޑް ސޭލް 2021" މޫލީ ޕްލެޓްފޯރމްގައި ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނެފައިވަނީ ފުޅާވަމުން އަންނަ އީ ކޮމަރސް ޕްލެޓްފޯމް، މޫލީގެ އިޔާ އެންޑް ސޭލް އެ ޕްލެޓްފޯރމްގައި ވިއްކާ ޕްރޮޑަކްޓްސްއިން %40 އާއި ހަމަ އަށް ޑިސްކައުންޓް، ވިޔަފާރި ކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
މޫލީ އިޔާ އެންޑް ސޭލް އަށް ޚާއްޞަ ސެކްޝަންއެއް އުރީދޫ އެޕް އަދި މޫލީ ވެބްސައިޓްގައި ފެނިވަޑައިގަންނަވާނެއެވެ. ސްމާޓް ފޯން އާއި ޑިޖިޓަލް އެހެނިހެން ގެޖެޓްސް މޫލީ އިޔާ އެންޑް ސޭލުން ލިބިވަޑައިގަންނަވާނެއެވެ.
މޫލީ އިޔާ އެންޑް ސޭލުން ތަކެތި ބައްލަވައިގަތުމަށް:
1. އުރީދޫ އެޕް http://ore.do/app ނުވަތަ މޫލީ ވެބް http://ore.do/moolee މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ.
2. ބޭނުންވާ ޕްރޮޑަކްޓްއެއް ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ
3. ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ
4. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ
މި އިޔަރ އެންޑް ސޭލަށް ކޮންމެ ނެޓްވާރކް އަކުންވެސް ވަދެ ހެޔޮ އަގުގައި ވިޔަފާރިކޮށްލެވޭނެއެވެ. މި ސޭލް ކުރިއަށް ދާނީ 27 ޑިސެމްބަރ 2021 އިން 10 ޖަނަވަރީ 2022 އާއި ހަމައަށެވެ. މޫލީގެ މެދުވެރިކޮށް ވިޔަފާރިކޮށްލުމުން ރާައްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވރކޮށްލަދޭއިރު، ކޮންމެތާކު ހުރެގެންވެސް ފެންވަރު ރަނގަޅު ތަކެތި ހެޔޮއަގުގައި ގަނެލުމަަށް މިއީ ރަނުގެ ފުރުސަތެކެވެ.