"ތިހުރިހާ ބައިވަރު ނައްތާލާއިރުވެސް މަގުމަތިން އެ އެއްޗެތި މަދުނުވާ ސަބަބަީ ކޮބައިތޯ؟" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ސުވާލުކުރައްވައިފިއެވެ.
ޑރ. އިޔާޟްގެ މިސުވާލަކީ ވަރަށް މުހިންމު ސުވާލެކެވެ. ފަހަކަށް އައިސް ކޮންމެ އަހަރަކުހެން ޓަނުން މަސްތުވާތަކެތި އަތުލައިގަނެއެވެ. ނައްތައިލާތަންވެސް ދައްކައެވެ. ނަމަވެސް މަގުމަތީގައި ބޭނުންކުރުމާ ޑީލްކުރުން ވަނީ ގިނައެވެ. މިހާރުވެސް ފޯނުކޮސްލުމުން އެންމެ ފަސޭހައިން ލިބޭ އެއްބާވަތަކީ މަސްތުވާތަކެތިކަމަށް އެއިގެ ބޭނުން ކުރާ މީހުން ބުނެއެވެ.
ޑރ. އިޔާޟަކީ މޫނަސް ބެއްލެވުމެއް ނެތި ދީނާއި ޤައުމުގެ ކަންކަމުގައި ބަސްފުޅު ވިދާޅުވަމުން ގެންދަވާ ޢިލްމުވެރިއެއްކަން ފާހަގަކުރެވެއެވެ.