ރާއްޖެއަށް ކުރިމަތިވެފައިވާ ޑްރަގުގެ ވަބާއިން ޤަުމު ސަލާމަތްކުރަން މިހާރުވެސް އުފައްދާފައި ހުރި މުއައްސަސާތަކާއި ޓާސްކް ފޯސްތައް މަދުނޫން ކަމަށާއި ނަމަވެސް ޙައްލެއް ނުލިބޭ ކަމަށާއި އެހެންވީމާ ޙައްލު ލިބޭނެ ކަހަލަ ކަމެއް ކޮށްދެއްވަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަރިހުން ޑރ. މުޙައްމަދި އިޔާޟް ޢަބްދުއްލަޠީފް އެދިވަޑައިގެންފިއެވެ.
ޑރ. އިޔާޟް ވިދާޅުވީ ފާޅުގައި ޕީސްކޮޅު ވިއްކުމުގެ ކަންތައް ދަނީ ކުރިޔއަށް ކަމަށާއި އެކަމަށް ޙައްލެއް ބޭނުން ކަމަށެވެ.
" ފުލުހުން އަތުލައިގެންފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ކުރިއަށް ގެންދިއަ ހަރަކާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ސީޕީ ޙަމީދު ވިދާޅުވީ ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކަށް ބެލުމުން ރާއްޖޭގައި މި މައްސަލަ މިހާރު ފުޅާވެފައިއޮތް މިންވަރރު އަދި މިކަމުގެ ސީރިއަސްކަން ހާމަވެގެންދާ ކަމަށެވެ.
ސީޕީ ޙަމީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެކުލަވައިފައިވާ ޓާސްފޯހުން ކުރާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރު (2022) ވަނަ އަހަރުތެރޭގައި ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މި ޓާސްކް ފޯހަކީ މީގެ މަހެއްހައި ދުވަސް އެކުލަވާލެވުނު ޓާސްކްފޯހެއްކަމަށާއި ޗެއާ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ."
"މިހާރުވެސް މުއައްސަސާތަކާއި ޓާސްކް ފޯސްތައް ހެދިފައިވާލެއް މަދެއް ނޫން. ނަމަވެސް ޙައްލެއް ނުލިބޭ. އެހެންވީމާ ޙައްލު ލިބޭނެ ކަހަލަ ކަމެއް ކޮށްދެއްވާ. ފާޅުގައި ޕީސްކޮޅު ވިއްކުމުގެ ކަންތައް ދަނީ ކުރިޔަށް. ޙައްލެއް ބޭނުން.": ޑރ. އިޔާޟް