ޑރ. އިޔާޟް ނިގޫ ފިތިފަ ހުންނެވިބޭކަލެއް ނޫންކަން އިއްޔެވެސް އިތުރަށް ޔަޤީންކުރެވިއްޖެ! ޝައިޠޯނާގެ ބައިވެރިންނަށް ފަސްޖެހިވަޑައިނުގަންނަވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޑރ. އިޔާޟް ނިގޫ ފިތިފަ ހުންނެވިބޭކަލެއް ނޫންކަން އިއްޔެވެސް އިތުރަށް ޔަޤީންކުރެވިއްޖެ! ޝައިޠޯނާގެ ބައިވެރިންނަށް ފަސްޖެހިވަޑައިނުގަންނަވާތި!

ޢިލްމުވެރިން ޙައްޤުމަގުގައި ތިއްބަވަނިކޮށް އެބޭފުޅުންނާއިމެދު ޝައްކާއި ނަފްރަތު އުފައްދުވަން މަސައްކަތްކުރުމަކީ ޝައިޠޯނީ ޢަމަލެކެވެ. އެއީ ޝައިޠޯނާގެ ބައިވެރިއަކު ނޫނީ ކުރާނެ ކަމެއް ނޫނެވެ. 

ރާއްޖޭގެ ގިނަ ޢިލްމުވެރިންނަކީ ސަލަފިއްޔާއިން ކިޔަވާ ވިދާޅުވެފައިވާ ބޭކަލުން ކަމުގައިވާއިރު ސަލަފިއްޔާގެ ދަރިވަރުންނަކީ އެއްޖިންސުން ގުޅުން ހިންގާ ބައަކު ކަމަށް ވާހަކަތައް ފެތުރުވީ ދާދިފަހުންނެވެ. 

ރަސޫލާ އަށްފަހު އިތުރު ރަސޫލް ބޭކަލުން ފޮނުއްވެވުމެއް ނެތެވެ. ދީނީ ޢިލްމުވެރިންނަކީ އެ މަސައްކަތް ވާރުތަވެރިންނެވެ. ވީމާ ނުބައި ތުހުމަތުތައްކޮށް ދީނީ ޢިލްމުވެރިންނާއިމެދު ޝައްކާއި ނަފްރަތު އުފައްދުވަން މަސައްކަތްކުރުމަކީ ވަރަށް ބިރުހުރި ކަމެކެވެ. ޢިލްމުވެރިއެއްގެ ކިބައިން ނަމަވެސް ކުށެއް ފެނިއްޖެނަމަ އޮތީ އެކަމެއް ހާމަކުރުމެވެ. ނުބައި ތުހުމަތުތައް ކުރުމެއް ނެތެވެ. 

ހޯމް މިނިސްޓަރ ޝައިޚް އިމްރާނަކީ ޑރ. އިޔާމް ނިޞްބަތްވެވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ ރައީސެވެ. އެންމެ ލޯބިފުޅުވާ އެއް އެކުވެރިޔާއެވެ. އެހެންކަމާއިއެކުވެސް ފައުޅުކަން ބޮޑު ގޮތެއްގައި ޓްވީޓުން އިއްޔެ ޝައިޚް އިމްރާނާއި ކުރެއްވި ސުވާލުންނާއި ސީޕީ ޙަމީދާއި ކުރެއްވި ސުވާލުން އެކަނިވެސް ޑރ. އިޔާޟަކީ ނިގޫ ފިތިފައި ހުންނެވި ބޭކަލެއް ނޫންކަން ވަނީ ޔަޤީންކުރެވިފައެވެ. މިސަރުކާރަށް ވިކިގެން ހުންނެވި ބޭކަލެއް ނޫންކަންވެސް ވަނީ ޔަޤީން ކުރެވިފައެވެ. 

މީގެ އިތުރުން ކޮވިޑްގެ ޙާލަތު ކަމަށް ހަދައި ނަމާދުގެ ސަފުތަކުގައި ދޭތެރެ ދުރުކުރުމަށާއި މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓަރު ނިންމެވި ނިންމެވުން ފަދަ ކަންކަމުގައި ޑރ. އިޔާޟަކީ އެންމެ ސާބިތުކަމާއިއެކު ސަރުކާރާއި ދެކޮޅަށް ވަކާލާތު ކުރެއްވެވި ޢިލްމުވެރިޔާއެވެ. މިސްކިތްތަކަށް ޒިޔާރަތް ކުރައްވައި ސުންނަތާއި ނަމާދުކުރުމުގައި ސާބިތުވުމަށް ހިތްވަރު ދެއްވި ޢިލްމްވެރިޔާއެވެ. ޑރ. އިޔާޟްގެ ކިބައިން ފެނުނު ސާބިތުކަން ފެނިފައިވަނީ ޝައިޚް ޢަލީ ޒައިދު، ޝައިޚް އާދަމް ނިޝާން ފަދަ ވަރަށް ޢިލްމްވެރިއެއްގެ ކިބައިންނެވެ. 

ޑރ. އިޔާޟް ރައީސް ޞާލިޙަށް ތާއީދުކުރައްވާ ސަބަބު ބަޔާންކޮށްދެއްވަމުން މިއަދުނޫހަށް ވިދާޅުވެފައިވަނީ "ރައީސް ޞާލިޙަށް ތާއީދުކުރައްވަނީ ދީނުގެ ކަންކަން ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރިހަމަ އިޚްތިޔާރު އެމަނިކުފާނު ވަނީ ޢިލްމުވެރިންނަށް ދެއްވާފައި. ކަންކަން ކުރަން ޙަވާލުވެ ތިބި ބައަކަށް ކަންކަން ނުކުރެވުމަކީ ނުވަތަ ނުކުރުމަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެލުވޭނެ ކަމެއް ނޫން!" ކަމަށެވެ. 

 

 

މިއަދު އޮންލައިން