ޑރ. އިޔާޟް އާ ޝައިޚް ޒަމްޒަމް ފާރިޝްގެ މިވާހަކަތައް ހޯމް މިނިސްޓަރުގެ ކަންފަތައް އަޑު އިއްވޭނެ ގޮތެއް ހޯދަން ޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޑރ. އިޔާޟް އާ ޝައިޚް ޒަމްޒަމް ފާރިޝްގެ މިވާހަކަތައް ހޯމް މިނިސްޓަރުގެ ކަންފަތައް އަޑު އިއްވޭނެ ގޮތެއް ހޯދަން ޖެހިފަ!

ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރެއިން ފާހަގަކޮށްމިލަނީ އެލްޖީއޭގެ ބެލެނިވެރިޔާ، ފުލުހުންގެ ވެރިޔާ ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ގެ ކަންފަތްޕުޅަށް ކޮންމެހެން އަޑު އިއްވަންޖެހޭ ވާހަކައެކެވެ. 

މިއަދުނޫހުން ގުޅުމުން ފޯނު ނުނަންގަވާތީ މިއަދުނޫހަށް ވަނީ އެކަން ކުރެވޭނެ ގޮތް ނުވެފައެވެ. 

"ސްކޫލަށް ނުގޮސް މަންތާ ޓްރިޕް ބޯއިޒް ހެދިގެނ 14 15ގެ ސޮރުން ދަތުރު ދާ ވާހަކަ. ޅަފުރައިގެ ކުދިން ވެސް ކޯވަރު ބޯން ތުނޑިމަތީގައި ތިބޭ ވާހަކަ. ތުނޑި މައްޗަށް ވެއްޓިފައި ތިބޭ ވާހަކަ . ދެން މިގެންނަނީ އެބުނާ "ހޯމް ސްޓޭ". މީގެ ސަބަބު ދިވެހިނގެ ގިނަ ބައެއްގެ އަސްލާއި ނަސްލާއިޢަޤީދާ މުޅިނ އެކީ އެކަށް އާއްވަށ އަރައިގެނ ދާނެ. ރެގިއުލޭޓް ކުރެވޭނެ ޤަވައިދު ހަދައިގެން މިކަންކަން ނުބެލެހެއްޓޭކަން ފަތުވާ ދޭ ފަރާތަކުން ވިސްނަން ނުވޭބާ؟"

މިވާހަކަފުޅުން ޒިންމާ އަދާކުރުމުގައި ފުލުހުން ވަރަށް ބޮޑަށް ފޭލްވެފައިވާކަން ހާމަވެއެވެ. ދެން އޮތީ ޑރ. އިޔާޟްގެ ބައެއް ވާހަކަފުޅެވެ.

"ދަރިން ޢިއްފަތްތެރިކަމާއި އެކު ބޮޑުކޮށް ރަގަޅު ތަރްބިއްޔަތެއް ދިނުމަކީ ފައިސާތަކެއް ޙަވާލު ކުރުމަށްވުރެ މުހިއްމު ކަމެއް. ކިތަންމެ ބައިވަރު ފައިސާ އެއް ލިބުނުނަމަވެސް ރަގަޅު ތަރްބިއްޔަތެއް ލިބިފައިނުވާނަމަ ފައިސާއިން ކުރާނެ މަންފާ އެއް ނޯންނާނެ."

"ޑޮލަރުގެ ނޫޓުގެ ދަހިވެތިކަމުގައި ނުވަތަ އެނޫންވެސް ކަމަކާއިހުރެ ފިޔަވަޅު އެޅުމުގައި ފަސްޖެހިއްޖެނަމަ ދެންކުރިމަތިވާ ދުއްތުރާތައް މާބޮޑުވާނެކަން ހަނދާނުގައި ބަހައްޓަވާ." 

"ދަރިން ޢިއްފަތްތެރިކަމާއި އެކު ބޮޑުކޮށް ރަގަޅު ތަރްބިއްޔަތެއް ދިނުމަކީ ފައިސާތަކެއް ޙަވާލު ކުރުމަށްވުރެ މުހިއްމު ކަމެއް. ކިތަންމެ ބައިވަރު ފައިސާ އެއް ލިބުނުނަމަވެސް ރަގަޅު ތަރްބިއްޔަތެއް ލިބިފައިނުވާނަމަ ފައިސާއިން ކުރާނެ މަންފާ އެއް ނޯންނާނެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް ފާހަގަކުރައްވާފައިވާ ކަންކަންވެސް ގޮސް ހުއްޓެނީ ހަމަ ހޯމް މިނިސްޓަރރަށާއި އެޑިޔުކޭޝަން މިނިސްޓަރަށާއި އިސްލާމިކް މިނިސްޓްރީއަށާއި އަދި ނައިބް ރައީސަށެވެ. 

ޑރ. އިޔާމް ވަނީ ހިންގަމުން މިގެންދާ މުންކަރާތަތއް ހުއްޓުވަން ރައްޔިތުން ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައެވެ.  

"މުޖްތަމަޢުގައި މުންކަރާތްތައް ހިނގަމުންދާއިރު އެކަން މަނާކުރުމަކީ ކޮންމެމީހެއްގެ ފަރުދީ ޛިންމާއެއް. އެމީހެއްގެ ކުޅަދާނަކަންހުރި މިންވަރަކުން އެކަންމަނާކުރަންޖެހޭ. މުންކަރާތް ޢާއްމުވެ އެކަމަށް އިންކާރުކުރާނެ ބަޔަކު ނުވެއްޖެނަމަ އެންމެންގެ މައްޗަށް ޢާއްމުވާފަދަ މުޞީބާތެއް އަތުވެދާނެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން