މާދަމާ، ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު މިފެށޭ މާލީ އާއަހަރަކީ މިއަދުނޫހުގެ ކިޔުންތެރިންނަށާއި ބައިވެރިންނަށް އަދި ޢާންމުކޮށް އެންމެންނަށް ތަނަވަސް، ފާގަތި އަހަރަކަށް ވުމަށް އެދެމުއެވެ.
ޙަލާލް ގޮތުގައި ރިޒްޤް ހޯދަން މަސައްކަތްކުރުމުން ރިޒްޤް އިތުރުކޮށް ދެއްވަވާނެތެވެ. މިންވަރަށް އީމާންވެ ﷲ ނަހީކުރެއްވެވި ގޮތްތައް ދޫކޮށްލައި ޙަލާލް ގޮތުގައި ރިޒްޤް ހޯދަން މަސައްކަތްކުރުމުގެ ހިތްވަރު ދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންޖެހިފައިވާކަން ޢިލްމްވެރިންގެ ބަސްފުޅުތަކުން މިދަނީ އެނގެމުންނެވެ.
ކުރިއަށް އޮތް ދުވަސްތަކަކީ ތަނަވަސް އުފާފާގަތި ދުވަސްތަކެއް ކަމުގައި މިންވަރު ކުރައްވަވާށި! އާމީން
- މިއަދުނޫސް