ޝައިޚް ޙަސަން ލަޠީފްގެ ވަރުގަދަ އިންޒާރެއް! "ނުކިޔަމަންތެރިކަން އިސްކޮށްފިނަމަ ﷲ ގެ ކޯފާ އަންނާކަށް ލަހެއް ފަހެއް ނުވާނެ."

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޝައިޚް ޙަސަން ލަޠީފްގެ ވަރުގަދަ އިންޒާރެއް! "ނުކިޔަމަންތެރިކަން އިސްކޮށްފިނަމަ ﷲ ގެ ކޯފާ އަންނާކަށް ލަހެއް ފަހެއް ނުވާނެ."

ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުން، މި ޖަޒީރާތަކުގައި ދިވެހިން އުޅެމުން ދަނީ ވަރަށް އަމާންކަމާއެކުގައި ކަމަށާއި ނަމަވެސް މި ނިޢްމަތަށް ޝުކުރުކޮށް ﷲ އަށް ކިޔަމަންތެރި ވުމުގެ ބަދަލުގައި ނުކިޔަމަންތެރިކަން އިސްކޮށް ފިނަމަ ﷲ ގެ ކޯފާ އަންނާކަށް ލަހެއް ފަހެއް ނުވާނެ ކަމަށް ޝައިޚް ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ. 

ޝައިޚް ޙަސަން ލަޠީފްގެ މިބަސްފުޅަކީ ރާއްޖޭގައި ހިންގަމުމުން މިގެންދާ އިސްލާމް ދީނާއި ދުރު ކަންކަން ކުރުން ހުއްޓާނުލައިފިނަމަ ކުރިމަތިވެދާނެ ނިކަމެތި ޙާލަތަކަށް ބިރުގަތުމަށް ދެއްވި އިންޒާރެއްކަމަށް ބެލެވެއެވެ. 

މިސާލަކަށް މީގެ 60،70 އަހަރުކުރީގައިވެސް ދިޔަވަރު ބޮޑުވެއްޖެނަމަ ރަށުގެ ބިންގަނޑަށްވުރެ މޫދުގެ ލޮނުގަނޑު އުފުލެއެވެ. ރާޅުވެސް ކޮންމެވެސް ވަރަކަށް އަރައެވެ. ނަމަވެސް ރަށްތަކުގައި މީހުން ދިރިއުޅެމުން މިދަނީ ސަލާމަތުންނެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ރަޙަމަތުންނެވެ. 

ވީމާ ޝައިޚް ޙަސަން ލަޠީފް ދެއްވާފައި އެވަނީ ރަށްތަކުގައި ﷲ ތަޢާލާގެ ދީނާއި ދުރު ކަންކަންކޮށް ދީނަށް ނިކަމެތިކަންދޭނަމަ ކުރިމަތިލާންޖެހިދާނެ ޙާލަތުގެ ވާހަކައެވެ. 

"ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުން، މި ޖަޒީރާތަކުގައި ދިވެހިން އުޅެމުން ދަނީ ވަރަށް އަމާންކަމާއެކު. ނަމަވެސް މި ނިޢްމަތަށް ޝުކުރުކޮށް ﷲ އަށް ކިޔަމަންތެރި ވުމުގެ ބަދަލުގައި ނުކިޔަމަންތެރިކަން އިސްކޮށް ފިނަމަ ﷲ ގެ ކޯފާ އަންނާކަށް ލަހެއް ފަހެއް ނުވާނެ. ވިސްނާށޭ ޤައުމު!" : ޝައިޚް ޙަސަން ލަޠީފް 

 

މިއަދު އޮންލައިން