ރައީސް ޞާލިޙްގެ ހުރިހާ ސިޔާސަތުތަކަށް ތާއީދެއް ނުކުރަން! ރައީސް ޞާލިޙްގެ ހޯމްސްޓޭ ސިޔާސަތަށް ބޮޑުތަނުން ދެކޮޅު!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރައީސް ޞާލިޙްގެ ހުރިހާ ސިޔާސަތުތަކަށް ތާއީދެއް ނުކުރަން! ރައީސް ޞާލިޙްގެ ހޯމްސްޓޭ ސިޔާސަތަށް ބޮޑުތަނުން ދެކޮޅު!: ޑރ. އިޔާޟް

"އަޅުގަނޑަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރާ މީހަކަށްވީނަމަވެސް އެމަނިކުފާނުގެ ހުރިހާ ސިޔާސަތުތައް ޤަބޫލެއް ނުކުރަމެވެ. ތާއީދެއްވެސް ނުކުރަމެވެ. 

އެގޮތުން އަލަށް ތަޢާރަފްވެގެން މިއުޅޭ ހޯމް ސްޓޭ އާއި އަޅުގަނޑު ވަރަށް ފައުޅުގައި ދެކޮޅު ހަދަމެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ހޯމް ސްޓޭ އާއިމެދު ރައްޔިތުންގެ ގިނަބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ރަށްރަށުގައި ގެސްޓް ހައުސްތައް ހެދުމުގެ ހުއްދަދިން އިރު ޤަވާއިދުތައް ހަދާނެ ކަމަށް ބުނެ ދެއްކި އެއްވެސް ވާހަކައަކަށް އަމަލީ ސިފަ އައިސްފައިނުވާތީއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅެންޖެހޭނީ އިޖުތިމާޢީ މިންގަނޑުގައިކަމަށްބުނިނަމަވެސް އެމިންގަނޑަކީ ކޮބައިކަން މިހާރު ނޭނގޭތީއެވެ. ރިޒޯޓުތަކާއި އެއްފޭރާމުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އުޅެމުންދާތީއެވެ. އެކަން ހުއްޓުވަން ސަރުކާރުން އެއްވެސް ކަމެއް ނުކުރާތީއެވެ. 

ވީމާ ހޯމް ސްތޭ އާއި ގުޅިގެން ކަންތައްތަކެއް ބަލަހައްތާނެކަމަށް ސަރުކާރުން ބުނި ނަމަވެސް އެވާހަަކ ޤަބޫލުކުރުމަކީ ކުރެވެން އޮތް ކަމެއް ނޫންކަމަށްބުނެ ގިނަބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން