އައިލެންޑާސްގެ ސުކޫލުތަކުގެ ފީ އުރީދޫ އެމް-ފައިސާއިން ދެއްކޭނެގޮތް ހަދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އައިލެންޑާސްގެ ސުކޫލުތަކުގެ ފީ އުރީދޫ އެމް-ފައިސާއިން ދެއްކޭނެގޮތް ހަދައިފި

އައިލެންޑާސްގެ ސުކޫލުތަކުގެ ފީ އުރީދޫ އެމް-ފައިސާއިން ދެއްކޭނެގޮތް އެކުންފުނިން ހަދައިފިއެވެ.

އުރީދޫއިން ފީދެއްކޭނެގޮތް ހަމަޖެއްސީ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ 4 ސުކޫލެކެވެ. އެއީ ބިލަބޮންގް ހައި، ފިންލެންޑް އިންޓަނޭޝަނަލް، ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ސްކޫލެވެ.

އުރީދޫން އަލަށް ތައާރަފްކުރި މި ހިދުމަތާއެކު، އުރީދޫއިން ބުނެފައިވަނީ ފީދެއްކުމަށް އެޕް މެދުވެރިކޮށް އެމް ފައިސާއަށް ލޮގިންވެ، އެ ކުއްޖަކު ކިޔަވަމުން ދާ ސުކޫލު ހިޔާރުކުރާނީ ކަމަށެވެ. އެޑްމިނިސްޓްރޭޝަން ނަންބަރު އަދި ޕިން ޖެހުމަށް ފަހު، އެންމެ ކުރީގެ ފީ ހިޔާރުކޮށް، އޯޓީޕީ ނަންބަރު ޖެހުމަށް ފަހު ފީ ދައްކަން ބޭނުންވާ ތާރީހު ހިޔާރު ކުރުމަށްފަހު ފައިސާ ދައްކާލެވޭނެއެވެ. ޕިން ބަދަލު ކުރަން ބޭނުންވާނަމަ އައިލެންޑާސް އެޑިއުކޭޝަން އެޕުން އެކަން ކޮށްލެވޭނެއެވެ.

ބީއެމްއެލް އާއި އެމްއައިބީ އާއި އެސްބީއައި އެކައުންޓުތަކުން އެމްފައިސާ ވޮލެޓަށް ކޭޝް އިން ކުރެވޭނެއެވެ.

 

މިއަދު އޮންލައިން