އިސްލާމީ ޙިޖާބަށް ފުރައްސާރަކުރުމަކީ އިސްލާމްދީނަށް ކުރެވޭ ފުރައްސާރައެއް!: ޝައިޚް މުޙައްމަދު ޝިފާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އިސްލާމީ ޙިޖާބަށް ފުރައްސާރަކުރުމަކީ އިސްލާމްދީނަށް ކުރެވޭ ފުރައްސާރައެއް!: ޝައިޚް މުޙައްމަދު ޝިފާން

އިސްލާމީ ޙިޖާބަށް ފުރައްސާރަކުރުމަކީ އެނގިގެން ވިޔަސް ނޭނގިވިޔަސް އިސްލާމްދީނަށް ކުރެވޭ ފުރައްސާރައެކެވެ. 

މުނާފިޤުން ނަބިއްޔާ ﷺ ގެ އަޞްޙާބުންނަށް މަލާމާތްކުރުމުން އަންނަނިވި އާޔަތް ބާވާލެއްވިއެވެ.

"ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟"

"ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ."

- ޝައިޚް މުޙައްމަދު ޝިފާން

މިއަދު އޮންލައިން