ޢުމުރާއަށް ގޮސްތިބި ގިނަ ބައަކު ޕޮޒިޓިވްވެއްޖެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޢުމުރާއަށް ގޮސްތިބި ގިނަ ބައަކު ޕޮޒިޓިވްވެއްޖެ-

ޢުމުރާއަށް ގޮސްތިބި ޖަމާއަތެއްގެ 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

މިއަދުނޫހަށް މައުލޫމާތުދެއްވަމުން ގްރޫޕެއްގެ އިސްބޭފުޅަކު ވިދާޅުވީ އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ފުރަންވެގެން ޕީސީއާރު ޓެސްޓް ހެދުމުން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. 

"މިހާރު އޮންނަގޮތުން ޕޮޒިޓިވްވެއްޖިއްޔާ ޖެހެނީ ރާއްޖެ ނުގޮސް ހޮޓަލުގަ މަޑުކުރަން. ދެން އިތުރު ޕީސީއާރު ޓެސްޓެއް ހަދާނެ 5 ދުވަސްފަހުން. ނެގަޓިވްވެގެން ރާއްޖެ ދެވޭނީ. މަޑުކުރަންޖެހޭބައި އިންޝުއަރެންސުން ކަވަރުވާގޮތަށް އޮތީ. އެހެންވީމާ އެކަން ޙައްލުކުރެވޭނެ." 

އޭނާ ވިދާޅުވީ އޭނާގެ ގްރޫޕުގައި ބަލި މީހަކު ނެތްކަމަށާއި އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށެވެ. 

މައުލޫމާތު ލިބޭގޮތުން ޕޮޒިޓިވްވެފައިވަނީ ތަވައްކަލް ގްރޫޕުން ޢުމުރާއަށްދިއަ ބައެކެވެ. ޕޮޒިޓިވްވި މީހުން މައްކާގައި ބައިތިއްބާފައި އެޖަމާޢަތުގެ އެހެން މީހުން މިއަދުވަނީ ރާއްޖެ އައިސްފައެވެ. ތަވައްކަލް ގްރޫޕާއި އަދި ވަނީ ގުޅޭގޮތް ނުވެފައެވެ. އެގްރޫޕުގެ ނަމްބަރުކަމަށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އޮތް 7988936 އަށް ގުޅުމުން ފޯނުނެގީ ހިންދީ ބަހުން ވާހަކަދައްކާ މީހެކެވެ. މާލޫމްނެހީ ކިޔަމުން ފޯނު ބޭއްވީއެވެ. ފަހުން ގުޅުމުން ފޯނެއް ނުނެގިއެވެ.

މިއަދު އޮންލައިން