"ވެކްސިން ފުރިހަމަކޮށްފައި ތިބި ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ހަމަޖައްސައިދޭންޖެހޭ ކަމަށާއި އެގޮތުން ޢަލާމާތެއް ފެންނަން ނެތްނަމަ ޓެސްޓްކުރަން ނުޖެހުން ފަދަ ޢިނާޔަތްތައް ލިބިދޭން ޖެހޭކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
"މިހާރުގެ ޓެސްޓްތަކަކީ ބުނި ގޮތަކަށް ނަތީޖާ ލިބޭ އެއްޗެއް." ކަމަސްވެސް ޑރ. ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިހާރުގެ ޙާލަތަށް ކަންކަން ގޯސްވެގެން މިދިއައީ އެނގިތިބެ އަމިއްލައަށް ޙާލަތު ގޯސްކުރުމުން ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.