ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމުޢިއްޔާ ޕާކިސްތާނުގެ ސަފީރު އިފުތިތާހުކޮށްދެއްވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް ޖަމުޢިއްޔާ ޕާކިސްތާނުގެ ސަފީރު އިފުތިތާހުކޮށްދެއްވައިފި

ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީ.ސީ.އެމް)ގެ ނަމުގައި ރަޖިސްޓްރީ ކުރެވުނު ޖަމުޢިއްޔާ ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު ރޭ އިފުތިތާހުކޮށްދެއްވައިފިއެވެ. 

ބީ.ސީ.އެމްއަކީ އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، އިޖުތިމާޢީ މަސައްކަތްތައް ކުރިއެރުވުމާއި، ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމާއި، ޓެރަރިޒަމާއި ހަރުކަށި ޢަމަލުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ އިތުރުން ހެލްތު އެޑިއުކޭޝަން ކުރިއެރުވުމެވެ. އެ ގޮތުން ޖަމުޢިއްޔާގެ އެގްޒެކިއުޓިވް ބޯޑަށް އިންތިޚާބުވެފައިވަނީ މި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ. 

ޓީ.އެފް.ޖީ ބިލްޑިންގގެ ކޮންފަރެންސް ރޫމްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާއިރު، ޖަމުޢިއްޔާގެ އެގްޒެކިއުޓިވް ބޯޑުގެ 8 މަޤާމަކަށް މެންބަރުން އިންތިޚާބުކޮށްފައިވެއެވެ. 

މީގެ އިތުރުން ޖަމުޢިއްޔާގެ މެންބަރުންނަށް ޚާއްޞަކުރެވިގެން، ތަފާތު އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ "އެލީޓް ކާޑެއް" މި ރަސްމިއްޔާތުގައި ލޯންޗުކޮށްފައިވެއެވެ. މި ކާޑު ލޯންޗްކޮށްދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާއެވެ. 

ބީ.ސީ.އެމް އިފުތިހާހުކުރެވުނީ 100 އަށްވުރެ ގިނަ އަންހެނުންގެ މެންބަރޝިޕަކާއެގައެވެ.

މިއަދު އޮންލައިން