އައްޑޫ ސިޓީގެ ގޫގްލްސް މެޕަށްލީ "ޝްރީ ރާމް މަންދިރު" ، ގިނަބައެއްގެ ސަމާލުކަމަށް އައުމުން ނަގައިފި.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އައްޑޫ ސިޓީގެ ގޫގްލްސް މެޕަށްލީ "ޝްރީ ރާމް މަންދިރު" ، ގިނަބައެއްގެ ސަމާލުކަމަށް އައުމުން ނަގައިފި.

އައްޑޫ ސިޓީ ހުޅުމީދޫގެ ގޫގްލްސްމެޕަށް "ޝްރީ ރާމް މަންދިރު" ލައިފިއެވެ. އަދި އެފޮޓޯ ފަތުރަން ފެށުމުން މިހާރު ވަނީ ނަގައިފައެވެ. ނަމަވެސް ފޮޓޯ ޢާންމުކުރި ފަރާތުން ވަނީ ޝްރީ ރާމް މަންދިރު އިން ވީޑިއޯއެއް ރެކޯޑްކޮށްފައެވެ. އެފަރާތުން ބުނީ ވީޑިއޯ ރެކޯޑްކުރީ ރޭގެ ވަގުތެއްގައިކަމަށާއި ޓްވީޓްކުރިތާ މާގިނަ އިރުތަކެއް ނުވެ ނަގާފައިވާ ކަމަށެވެ.

މިއީ ވަކަރަށް ޖަހައިލުމުގެ ޢަމަލެއް ނަމަވެސް މިހުރީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ. އެކަމަށް ނިޔަތް އޮތްބައަކު އެކަމަށް މަސައްކަތްނުކުރާނަމަ މިފަދަ ކަންކަން ކުރާނެ ކަމަކަށް ނުބެލެވެއެވެ. 

ހިންދޫންނަކީ އެމީހުންގެ އެތައް ހާސް ކަލާނގެތަކުގެ ތެރެއިން ކަލާނގެއެއް ތަނެއގައި މަޑުކޮށްލިކަމަށް އެމީހުންނަށް ޤަބޫލުކުރެވިއްޖެނަމަ އެތަނެއްގައި ގަދަކަމުން ނަމަވެސް ފައްޅިއެއް އަޅަން ބޭނުންވާ ބައެކެވެ. 

ރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި ހިންދޫ ދީނުގެ މަޒްހަބްތައް އޮތެވެ. ވީމާ ކޮންމެވެސް ފޮތަކުން ހިންދޫ ކަލާނގެއެއް ސަލްޓަންޕާކުގައި މަޑުކޮށްލިކަން އެނގެން އެބައޮތްކަމަށް ބުނެފިނަމަ އެތަނުގައި ފައްޅިއެއް އަޅަން ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަން އެއީ ހިންދޫންގެ ޢަމަލުތަކުން ސާބިތުވާކަމެކެވެ. 

ވީމާ މިފަދަ ކަންކަމަށް ބެލުމުން މިހުންނަނީ އާދައިގެ ކަންކަން ނޫންކަން ފާހަގަކުރެވެއެވެ. 

 

މިއަދު އޮންލައިން