ދިރާގުން ބިދޭސީނަަށް "ހެލޯ ޕްރީޕެއިޑް" ތައާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ދިރާގުން ބިދޭސީނަަށް "ހެލޯ ޕްރީޕެއިޑް" ތައާރަފްކޮށްފި

ދިރާގުން ބިދޭސީނަަށް "ހެލޯ ޕްރީޕެއިޑް" ތައާރަފްކޮށްފިއެވެ.

މިކަމާގުޅިގެން ދިރާގުން ބުނެފައިވަނީ މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ޚާއްސަކޮށްގެން ތަޢާރަފްކުރި ޕްލޭނެއް ކަމަށާއި މި ޕްލޭން ޚާއްސަކޮށްފައިވަނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ސްރީލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް އަދި ޗައިނާގެ ރައްޔިތުންނަށް ކަމަށެވެ.

މުޅި އަހަރު ތެރޭގައި ހާއްސަ ކަންޓްރީ ބެނެފިޓްސް އާއި ސްޓޭންޑަޑް ޕްރީޕެއިޑް އޮފަރތައް މި ޕްލޭނަށް ސޮއިކުރާ ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި ގައުމު އިހްތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މީގެ އިތުރުން ހެލޯ ޕްރީޕެއިޑަށް ބަދަލުވާން ބޭނުންވާ އެހެން އެއްވެސް ޕްރީޕެއިޑް ޕްލޭނެއްގައި މިހާރު ތިބި ހުރިހާ ކަސްޓަމަރުންނަށް ކީވޯޑް "ޕީކޭޖީ ހެލޯ" ބޭނުންކޮށްގެން 444 އަށް އެސްއެމްއެސް އެއް ފޮނުވައިގެން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

މިއަދު އޮންލައިން