ކޮވިޑް ފުށްގަނޑު މޮޑެނީ - ކޮމަންޑޫ ދާއިރާގެ އިންތިޚާބު ނިމުމުން ރޮށިފިހެން ފަށާނެކަމުގެ ބިރު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކޮވިޑް ފުށްގަނޑު މޮޑެނީ -  ކޮމަންޑޫ ދާއިރާގެ އިންތިޚާބު ނިމުމުން ރޮށިފިހެން ފަށާނެކަމުގެ ބިރު ބޮޑު!

އެޗްޕީއޭއިން މިހާރުވެސް ވަނީ ކޮވިޑް ފުށްގަނޑު މޮޑެ ނިންމައިފައެވެ. ކޮމަންޑޫ ދާއިރާގެ އިންތިޚާބު ނިމޭއިރަށް ރޮށިފިހަން ފަށާނެއެވެ. ވީމާ މުސްލިމުން ރަމަޟާންމަހުގެ ނަމާދުތައް މިސްކިތްތަކުގައި ކޮށްލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮމަންޑޫ ދާއިރާގެ އިންތިޚާބް ރަމަޟާން މަސް ނިމެންދެން އިލެކްޝަންސް ކޮމިޝަނުން މަޑުޖައްސާލަދިނުމަށް ގިނަ ބައަކު ދަނީ އެދެމުންނެވެ. 

"ކޮވިޑް ފެތުރެނީ ހަމައެކަނި ސްކޫލަށް ކިޔަވަން ދިޔައިމަތޯ؟ ނުވަތަ މިސްކިތަށް ނަމާދަށް ދިޔައިމަތޯ؟ ސްޓޭޑިޔަމްގައި ފުޓްބޯޅަކުޅޭ ކުދިން ކުޅެނީ، ކެމްޕެއިން ދަތުރުތައް ކުރާނެވަރަކަށް ކުރަނީ, ގައިދުރު ކުރާކަށް މާސްކު އަޅާކަށް ނުޖެހޭ.!  

އިންތިޚާބު ނިމުނީމާ ދަތުރުފަތުރު ކުރުންވެސް މަނާކުރާ ގޮތަށް ކޮވިޑް އާއި އެކު ޑީލްއެއް ހެއްދެވީތޯ؟ (ކެރަފާ ނަސީމް) މިހާރު ކަންތައް ތިކުރައްވާ ގޮތުން ކޮވިޑް އަކީ މޮޑޭ ފުއްގަނޑަކަށް ވެއްޖެ. ބޭނުންއިރަކު ބޭނުން ގޮތަކަށް ހަދާލެވޭ އެއްޗެއް. أعوذ بالله."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން