ރައްޔިތުންގެ އާދޭސް! ފްލެޓަށް ނުދެވި ފާޚާނާ ނުކުރެވި ތިބެން ނުޖައްސާ ހިޔާ ފްލެޓްތަކުގަ ދިރިއުޅެވޭނެވަރުކޮށްލަ ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރައްޔިތުންގެ އާދޭސް! ފްލެޓަށް ނުދެވި ފާޚާނާ ނުކުރެވި ތިބެން ނުޖައްސާ ހިޔާ ފްލެޓްތަކުގަ ދިރިއުޅެވޭނެވަރުކޮށްލަ ދެއްވާ!

"ކަރަންޓްދަނީއެވެ. ލިފްޓްތައް ހުއްޓެނީއެވެ. ފްލެޓަސް ނުދެވި އެތައް ގަޑިއިރެއްވަންދެން ތިބެންޖެހެނީއެވެ. ކުދިން ސްކޫލުން އައިސް ފްލެތަށް ނުދެވި، ފާޚާނާ ނުކުރެވި ހިފަހައއްޓައިގެން ތިއްބާ ގައަށްވެސް ދެވެނީއެވެ."

ރައްޔިތުންގެ އާދޭސް!: ކަރަންޓް ހިނގައިދާނެއެވެ. އެވަގުތު ހަމައެކަނި ލިފްޓް ހިނަގައިލެވޭނެ ވަރުގެ ޖެނެރޭޓަރުގަނޑެއް ބަހައްޓާލައި ހަމަ ނުދެވޭނެތޯއެވެ؟

"ފެން ކެނޑެނީއެވެ. ފެންކެނޑުމުން ފާޚާނާކޮށްފައި ތާހިރުވެވޭނެ ގޮތެއް ނެތެވެ. ގޭގެ އެންމެން ފާޚާނާކުރުމަސްފަހު ތާހިރުވެވޭނެހައި މިނެރަލް ވޯޓަރެއް ނުހުރެއެވެ. ދެން ފެންލިބެންދެން ނުތާހިރާ ތިބެންވީތޯއެވެ؟"

ރައްޔިތުންގެ އާދޭސް: ގޭސްހޮޅިއަށްވުރެ ކުރިން ބޭނުންވަނީ އިމަރޖެންސީގައި ބޭނުންކުރެވޭނެ ފެން ހޮޅިއެކެވެ. މިފަދަ ޒަމާނެއްގައި އެއީވެސް ހަމަކޮށްލައި ނުދެވޭވަރުގެ ކަމަކަށްވަނީތޯއެވެ؟

ރައްޔިތުންގެ 3 ވަނަ އާދޭސް: ތިމާވެށި ސަލާމަތްކުރަން ސަރުކާރުން މިހައި ބޮޑު އިސްކަމެއްދޭއިރު ތާޒާ ނުވަތަ ލައިފް ނުވަތަ ބޮނަކްއާ ނުވަތަ އެނޫންވެސް ބާވަތެއްގެ ފެން ހޮޅިއަކުން ފްލެޓްތަކަށް ލިބޭނެގޮތް ހަދައިލަ ނުދެވޭނެތޯއެވެ؟ ހަމަގައިމުވެސް ދުވާލަކު އެތައް ހާސް ޕްލާސްޓިކްފުޅިއަކުން އެއިރުން ސަލާމަތްވެވޭނެއެވެ. ޔަޤީންކަމާއިއެކު އަބަދުވެސް ބޯފެންފޮދު ލިބެން ހުންނާނެއެވެ. އިސްކުރުފެންބޯށޭ އެއިރުން ބިލްކުޑަވާނެއޭ ބުނި ނަމަވެސް އެއަޑު ރައްޔިތުން ނާހާނެކަން އަދިވެސް ނޭނގެނީތޯއެވެ؟

މިއީ ހުޅުމާދޭ 2 ވަނަ ފޭސްގައިވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އެތައް ބައެއްގެ އާދޭހެވެ!

 

މިއަދު އޮންލައިން