ދަރިން ޙަވާލުކުރެވޭ މުދައްރިސަކީ ކާކުކަން ނޭނގުމަކީ ކަންބޮޑުވާ ކަމެއްކަމަށް ބުނެ ދައްކަނީ ސަލާމަތް ބުއްދިއާ ފުށުއަރާ ވާހަކަ!: ޝައިޚް ޝިފާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ދަރިން ޙަވާލުކުރެވޭ މުދައްރިސަކީ ކާކުކަން ނޭނގުމަކީ ކަންބޮޑުވާ ކަމެއްކަމަށް ބުނެ ދައްކަނީ ސަލާމަތް ބުއްދިއާ ފުށުއަރާ ވާހަކަ!: ޝައިޚް ޝިފާން

މުދައްރިސަކީ ކާކުކަން ނޭނގިގެން ދަރިން ޙަވާލުކުރެވޭ މީހަކު ނޭނގޭ ކަމެއް ބުނެ ދައްކާ ބަހަނާ އަކީ ސަލާމަތް ބުއްދި އާއި ފުށުއަރާ ވާހަކައެކެވެ. ދެކޮޅު ޖެހޭ ވާހަކަ

ދަތުރުކުރަން ފްލައިޓްއަކަށް އަރަނީ ޕައިލެޓްގެ ފެންވަރާއި ވަނަވަރު ދަތުރުވެރިންނަށް އެނގިގެނެއް ނޫނެވެ. އިތުބާރުކުރަނީ ހެދިފައި ހުންނަ ޤަވާއިދާއި އުސޫލުތަކަށެވެ. ފެންވަރު ނެތް މީހަކު އަތަށް ބޯޓް ދޫކޮށް ނުލާނެކަމުގެ ޔަގީންކަމުގައެވެ. މޫނުވެސް ގިނަ ބަޔަކަށް ނުފެނެއެވެ

ސްކޫލަށް ދަރިންވެސް ފޮނުވަނީ ހުރިހާ މުދައްރިސުންނާއި މުއައްޒަފުންގެ ގޮތާއި ފޮތާއި އެނގޭތީ އެއް ނޫނެވެ. ނިޒާމަށް އިތުބާރުކޮށްފައެވެ. ދަރިވަރުންނަށް ކިޔަވައި ދެއްވަން ވަޑައިގަންނަވަނީ ކާކުކަން ކަށަވަރު ކުރުމަކީ މަސްޢޫލުވެރިންގެ ޒިންމާއެކެވެ.

ކުލާސް ތެރޭއިގައި މޫނު ނިވާ ކޮށްގެން ކިޔަވައި ދެއްވަން ހުންނަވާ މުދައްރިސަކީ ކާކުކަން ނޭނގިގެން ދަރިން ޙަވާލުކުރެވޭ މީހަކު ނޭނގޭ ކަމެއް ބުނެ ދައްކާ ބަހަނާ އަކީ ސަލާމަތް ބުއްދި އާއި ފުށުއަރާ ވާހަކައެކެވެ. ދެކޮޅު ޖެހޭ ވާހަކަ ދައްކަވާށެވެ.

- ޝައިޚް މުޙައްމަދު ޝިފާން

މިއަދު އޮންލައިން