ދިރާގުން ނައިޓް އެލަވަންސް ޑޭޓާ ތައާރަފުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ދިރާގުން ނައިޓް އެލަވަންސް ޑޭޓާ ތައާރަފުކޮށްފި

ދިރާގުން ނައިޓް އެލަވަންސް ޑޭޓާ ތައާރަފުކޮށްފިއެވެ.

ދިރާަގުން ބުނެފައިވަނީ މި ޕްލޭނުގެ ދަށުން ލިބޭ ނައިޓް އެލަވަންސް ޑާޓާ ބޭނުން ކުރެވޭނީ މެންދަމުން އަލިވެ އެކަކުން ފެށިގެން ހެނދުނު ހަތެއް ޖެހުމާ ހަމައަށް ކަމަށާއި ސްޓްރީމް ކުރުމަށާއި، ޗެޓް ކުރުމަށާއި، ސޯޝަލް މީޑިއާއަށް ވަކިން ހިލޭ ޑާޓާ ލިބޭނެ ކަމަށެވެ.

ދިރާގުގެ އޯލް އިންކްލޫސިވް ކޮމްބޯ އަކީ ދިރާގު ޕްރިޕެއިޑް އަދި "ސަޅި" ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެކެވެ.

މިއީ 250 ރުފިޔާއަށް ލިބޭ ޕްލޭނެކެވެ. މި ޕްލޭން ދިރާގު އެޕް މެދުވެރިކޮށް ނެގޭނެއެވެ. އަދި 343ކަށް މެސެޖެއް ކޮށްލައިގެން ވެސް އެކަން ކުރެވިދާނެއެވެ.

މިއަދު އޮންލައިން