ފިލާވަޅު ކުދިންނަށް ފަހުމް ކޮށްދޭން ކުރެވިދާނެ ވަރަށް ގިނަކަންތައް ހުންނާނެ! އެޑިޔުކޭޝަނުން ރަޢްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކަށް ސަމާލުވާންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފިލާވަޅު ކުދިންނަށް ފަހުމް ކޮށްދޭން ކުރެވިދާނެ ވަރަށް ގިނަކަންތައް ހުންނާނެ! އެޑިޔުކޭޝަނުން ރަޢްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކަށް ސަމާލުވާންޖެހޭ!

ފިލާވަޅު ކުދިންނަށް ފަހުމް ކޮށްދިނުމަށް ކުރެވިދާނެ ވަރަށް ގިނަކަންތައް ހުންނާނެ ކަމަށާއި އެއްގޮތް ނެތިއްޖެނަމަ އެހެން ގޮތްތައްވެސް ހުންނާނެކަމަށްވިދާޅުވެ  އެޑިޔުކޭޝަން މިނިސްޓްރީން ރަޢްޔިތުންނަށް އޮޅުވާލަން ދައްކަވާ ވާހަކަތަކަށް ސަމާލުވާންޖެހޭ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ޑރ. އިޔާޟްވަނީ އެމްޑީޕީ ސެކެޓްރިއޭޓަށް އަމާޒުކުރައްވައި ބައެއް ސުވާލުތައް ކުރައްވައިފައެވެ.  

" އިންސާނާ އަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ނިޢްމަތަކީ އޭނާގެ ޢިއްފަތްތެރިކަން. އެކަން ރައްކާތެރި ކުރުމަށްޓަކައި ނިވާވެ ދެންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ބަޔަކަށް ޑިމޮކްރަސީ އޭ ކިޔާ ނިޡާމުގައި އެއްވެސް ޙައްޤެއް ނޯންނަނީތޯ؟"

" ތިޔަބޭފުޅުންގެ ޑިމޮކްރަސީގައި އިންސާނީ ޙައްޤުތައް ހަމައެކަނި ލިބިގެންވަނީ އެމީހާގެ ހަށިގަނޑުގެ ވަނާތައް "ސޭލް" އަޅުވައިގެން އުޅޭ މީހުންނަށް އެކަނިތޯ؟ ކޮބައިތޯ ތިޔަބޭފުޅުން ދަޢްވާކުރައްވާ އެކި ޛާތްޛާތުގެ ޙައްޤުތައް؟"

" ހެޔޮ ކަންތައްތަކަށް ޢަމުރުކޮށް މުންކަރާތްތައް މަނާކުރުން ދޫކޮށްލުމަކީ މާތް الله ގެ ކޯފާ ޙައްޤުވާނެކަމެކެވެ. ދެން ފަހެ ހެޔޮކަންތައްތައް މަނާކޮށް މުންކަރާތްތަކަށް އަމުރުކުރާ ބައެެއްގެ ޙާލަކީ ކޮބައިތޯ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން