މިއަހަރުގެ ކަލަންޑަރެއް ހިލޭ ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 38ސ
މިއަހަރުގެ ކަލަންޑަރެއް ހިލޭ ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ނެރެފައިވާ "މަގޭ ރާއްޖެ ކަލަންޑަރު" ހިލޭ ހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އުރީދޫއިން ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފޭސްބުކް އަދި ޓްވިޓަރ ގައެވެ. އުރީދޫއިން ވަނީ ފެހުރިހި ކާ އެއްޗެއް ދިމާކޮށްގެން އުރީދޫގެ މިއަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ޓްވީޓުގައި ތިން އިހްތިޔާރެއް ދިނުމަށް ފަހު ރަނގަޅު ޖަވާބު ހިޔާރުކޮށް އެ ޓްވީޓަށް ރިޕްލައި ކުރުމަށް ވަނީ އެދިފައެވެ. އަދި ރަނގަޅު ޖަވާބު ފޮނުވަންޖެހެނީ #OMMageyRaajje2022 ބޭނުން ކުރުމަށްފަހުކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ. ޖަވާބު ދިމާކޮށް ޓްވީޓްކުރާ މީހުންގެ ތެރެއިން އެކަކަށް އުރީދޫގެ ކަލަންޑަރު ލިބޭނެއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުުގެ 27 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ.

 

މިއަދު އޮންލައިން