ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫއަށް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫއަށް ދީފި

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫ އަށް އެމްއެމްއޭ އިން ދީފިއެވެ.

މިކަމާގުޅިގެން އެމްއެމްއޭ އިން ބުނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ޕޭމަންޓްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއެކު، މި ދެ ކުންފުނިންވެސް ޕޭމަންޓް ޚިދުމަތް ދެމުންގެންދާނީ މި ލައިސަންސްގެ ދަށުން ކަމުގައި ވާތީ، ކުރިން އުރީދޫ އާއި ދިރާގަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކޮށްފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން މަސައްކަތްކުރަމުން ގެންދަނީ ކުރިއަށް އޮތްތަނުގައި ވެސް، ޤައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ މެއި 18 ވަނަ ދުވަހު އެވެ.

މިއަދު އޮންލައިން