ނުހޯދާ ޚިދުމަތަށް އާސަންދައަށް ބިލް ކުރި 2 ކްލިނިކެއް ސަސްޕެންޑްކޮށް، މައްސަލަ ތަހުގީގުކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ނުހޯދާ ޚިދުމަތަށް އާސަންދައަށް ބިލް ކުރި 2 ކްލިނިކެއް ސަސްޕެންޑްކޮށް، މައްސަލަ ތަހުގީގުކުރަނީ!

ނުހޯދާ ޚިދުމަތަށް އާސަންދައަށް ބިލް ކުރި 2 ކްލިނިކެއް ސަސްޕެންޑްކޮށް، މައްސަލަ ތަހުގީގުކުރާކަމުގެ މައުލޫމާތުލިބިއްޖެއެވެ.

މައްސަލަ ތަހުގީގުކުރަނީ ކޮން ކްލިނިކްތަކެއްކަން އަދި ސާފެއް ނުވެއެވެ.

މިކަން ހާމަމަވާން ފަށާފައިވަނީ އާސަންދައިގެ ޚިދުމަތް ހޯދުމުން ފޯނަށް ނޮޓިފިކޭޝަނެއް ލިބޭ ޚިދުމަތެއް ތަޢާރަފްކޮށްފައި ވަަނިކޮށެވެ. މި ޚިދުމަތަކީ އެމީހަކު ހޯދާ ޚިދުމަތުގެ ރެކޯޑްތައް ބަލަހައްޓާ، އަދި އާސަންދަ ކުންފުނިން ޚިދުމަތް ދިނުމުގައި ދެފުއް ފެންނަ ނިޒާމަކުން މަސައްކަތް ކުރިއަށްގެންދިއުމަށް ތަޢާރަފްކުރި ނޮޓިފިކޭޝަން ޚިދުމަތެކެވެ. 

މަހެއްހާ ދުވަހުގެ ތެރޭގައި 325 ޝަކުވާއެއް އާއްމުން ހުށައަޅާފައިވާކަމަށް އާސަންދައިން ވަނީބުނެފައެވެ. މި ފަދަ މައްސަލަތަކަކީ އާސަންދައިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންދާމައްސަލަތަކެކެވެ.

 

 

މިއަދު އޮންލައިން