އޫކްލާއިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކް އެވޯޑް ދިރާގަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
އޫކްލާއިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކް އެވޯޑް ދިރާގަށް!

ދުނިޔޭގެ އެންމެ މައްޝޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވައި "އޫކްލާއިން" ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ އެވޯޑު ދިރާގަށް ދީފިއެވެ. 

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކައިގޮތުގައި ދިރާގުން ވަނީ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާރކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ. ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުޢާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުންވަނީ ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހަ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް 100 އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފައެވެ. މި އެވޯޑްއަކީ ދިރާގުން ރައްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށް 'ޑިޖިޓަލް ރާއްޖެ“ އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ ހެއްކެކެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވިގޮތުގައި ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވާރކް އޮޕަރޭޓަރުންގެ ތެރެއިނެ ހޮވާލެވޭ އެލީޓް ޑެލިގޭޝަންސް ތަކެއްކަމުގަޔާއި އަދި މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓް އެއް ލީޑްކޮށް ނަގާކިޔޭވަރުގެ އިންޓަނެޓް ޚިދުމަތެއް ފޯރުކޮށްދެމުންދާފަރާތްތަކެކެވެ. އެގޮތުން ދިރާގުންވަނީ 2021 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ވަރުގަދަ ޕަރފޯމަންސްއެއް ދައްކުވައިދީ އަދި ކަސްޓަމަރުން ހަދާފައިވައި ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިންވެސް ލީޑްނަގާފައެވެ. 

އޫކްލާ ފަދަ ބައިނަލް އަޤްވާމީ މިނިވަން މުވައްސަސާ އަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށާއި އަދި ދިރާގު ގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއްކަމަށާއި، މިއީ ދިރާގުގެ ހީވާގި މުވައްޒިފުން ޚިދުމަތްތަށް އެއްމެމަތީފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ރަޝީދު ފާހަގަކޮށް ޝުކުރުދެންނެވިއެވެ. އަދި ކަސްޓަމަރުން ދިރާގަށް ކުރައްވާ އިތުބާރާ ދިރާގުގެ ޚިދުމަތްތަކަށް ދެއްވާ ތަރުޙީބަށް ޝުކުރުދެންނެވިއެވެ.

ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޔެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށެވެ.

 

މިއަދު އޮންލައިން