އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް އައު ބޭފުޅަކު އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 1ސ
އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް އައު ބޭފުޅަކު އައްޔަންކޮށްފި

އުރީދޫ މޯލްޑިވްސް އިން ވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަގާމަށް، 1 ފެބްރުއަރީ 2022 އިން ފެށިގެން، މިސްޓަރ ޚާލިދް ޙަސަން އެމް އޭ އަލް-ހަމާދީ އައްޔަންކޮށްފައެވެ.

ޚާލިދް އަކީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ގަތަރުގެ ރައްޔިތެކެވެ. ޚާލިދު ވަނީ އުރީދޫ މޯލްޑިވްސް ބޯޑު މެންބަރެއްގެ މަގާމާއި، އުރީދޫ ގަތަރުގެ ކޮންސިއުމަރ ސޭލްސްގެ ސީނިއަރ ޑައިރެކްޓަރ އަދި ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރ ފަދަ އިސް މަގާމުތަކުގައި މަސައްކަތް ކޮށްފައެވެ.  މީގެ އިތުރުން، ތެލާއި ގޭސް ސިނާޢަތުގައި 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާއިރު،  އިޓަލީގެ ޖެނެރަލް އިލެކްޓްރިކް ފްލޮރެންސްގެ ހެޑް އޮފް ޕްލޭނިންގ އެންޑް ސްޓްރެޓެޖީގެ މަގާމުގައި މަސައްކަތްކޮށް، އެ ކުންފުނީގެ ސޭލްސް އެންޑް ސަރވިސް ގެ ރީއޯގަނައިޒޭޝަން އިނިޝިއޭޓިވްގެ ކަންތައްތައް ތަންފީޒުކުރުމުގައި ޚާލިދް ވަރަށް އިސް ރޯލެއް އަދާކޮށްފައިވެއެވެ. ޚާލިދް އަކީ މެނޭޖްމަންޓް، ކްރިއޭޓިވް އިނިޝިއޭޓިވްސް، ދެމެހެއްޓެނިވި ކުރިއެރުން، ޕްރޮސެސް ތަންފީޒުކުރުން، އަދި ތަފާސް ހިސާބުތައް ދިރާސާކުރުމުގެ ތަޖުރިބާ ލިބިފައިވާ ސަރޓިފައިޑް ކޮލިޓީ އޮޑިޓަރއެއް ގެ އިތުރުން ސަރޓިފައިޑް ޓްރެއިނިންގ މެނޭޖަރ އެކެވެ. ޚާލިދު ވަނީ ޔުނިވަރސިޓީ އޮފް އެރިޒޯނާ އިން ބެޗެލަރ އޮފް ސައިންސް އިން ސިސްޓަމް އިންޖިނިއަރިންގ ހާސިލުކޮށްފައެވެ.

އުރީދޫއިން ބުނެފައިވަނީ ފުރުޞަތުގައި، ކުރީގެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ނަޖީބް ޚާންއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމަށެވެ.

ނަޖީބް ވަނީ ޑިޖިޓަލައިޒޭޝަން ގެ ދާއިރާގައި ދިވެހިރާއްޖެއާއި އުރީދޫ މޯލްޑިވްސް އަށް ގިނަ ގުނަ ކުރިއެރުންތަކެއް ހޯދާދީފައެވެ. މީގެ އިތުރުން ނަޖީބްގެ ހިންގުމުގެ ދަށުން ކުންފުނިން ވަނީ ތަފާތު ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ޑިޖިޓަލް ލައިފް ސްޓައިލް ކުރިއެރުވުމުގެ މަސައްކަތްތައް ކޮށްފައެވެ. މީގެ ތެރޭގައި އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ"، ޑިޖިޓަލް ފައިނޭންޝަން ސަރވިސް "އެމް-ފައިސާ" އަދި އޮންލައިން ސްޓޯ "ކާރތީ ސްޓޯ" މެދުވެރިކޮށް މުނިފޫހި ފިލުމުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހިކޮށްދީފައިވެއެވެ. މީގެ އިތުރުން، ނަޖީބްގެ ލީޑަރޝިޕްގެ ދަށުން ކުންފުނިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި، ކޯޕަރޭޓްސް، ސަރުކާރު މުއައްސަސާތައް، އަދި ރިސޯޓް ބިޒްނަސްގެ ޕޯޓްފޯލިއޯ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި، ނަޖީބްގެ ހިންގުމުގެ ދަށުން އުރީދޫ މޯލްޑިވްސް އިން ވަނީ ދިވެހިރާއްޖޭގައި އަލަށް ޑޭޓާ ސެންޓަރ އެއް ގާއިމުކޮށް، މިޑޭޓާ ސެންޓަރ މެދުވެރިކޮށް ބިޒްނަސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކަނެކްޝަން އިތުރަށް ވަރުގަކޮށްދީ ސްޓޯރޭޖްއާއި ސްކިއުރިޓީ އަދި އައިޓީ ޚިދުމަތްތައް ދެވޭނެ މަގު ފަހިކޮށްދީފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ޚާލިދު އަށް އުރީދޫ ކުންފުނީގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ޚާލިދުގެ ލީޑަރޝިޕްގެ ދަށުން ކުންފުނި އައު އުސް މިންތަކަށް ވާޞިލުވުމަށް އެހީތެރިވެދޭނެކަމާއި، އިޖާދީ އުފެއްދުންތަކާއި ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް މުޖުތަމަޢުގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް އެހީތެރިވެދޭނެކަން ޔަގީން ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.  

 

މިއަދު އޮންލައިން