މިހާރު މިއުޅޭ ގަދަހުންތަކަށް، ޚާއްބަކޮށް އެތެރެއަށް ހުންނަ މީހުންނަށް އިސްބަޤުލްފެނުގެ ފައިދާ ވަރަށް ބޮޑެވެ. އެއީ އިސްބަޤުލު ފެން ބުއިމުން އެތެރެހަށި ފިނިކޮށްދޭތީއެވެ.
މީގެ މާނައަކީ ބޭސް ނުކައި އިސްބަޤުލްފެން ބޯން ބުނުމެއް ނޫނެވެ. ޑޮކްޓަރުން ބުނާ ގޮތަކަށް ޤަވާއިދުން ބޭސްކާންވާނެއެވެ. އިސްބަޤުލްފެން ބުއިމަކީ މުޅިން ތަފާތު ކަމެކެވެ. އެފެން ބޭނުންކުރަންވީ އެތެރެހަށި ފިނިކުރުމަށެވެ. ޚާއްޞަކޮށް މިކިޔާ "ވަގުހުން" އަންނަ މީހުން އިސްބަޤުލް ބޭނުން ކުރުމަކީ ބޭނުންތެރިކަމެކެވެ.
ޕާކިސްތާނުގެ ބައެއް ޑޮކްޓަރުން އެކަމަށް ބާރުވެސް އަޅައެވެ. އިންޑިއާގެ މަޝްހޫރު ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ޑރ. ސުރޭޝް މިއަދުނޫހަށް ބުނީ އިސްބަޤުލަކީ އެތެރެހަށި ފިނިކޮށްދޭ ސްޕަރ އެޖެންޓެއް ކަމަށާއި ނުބައި ކޮލޮސްޓްރޯލްވެސް ވަރަށް ބޮޑަށް މަދުކޮށްދޭ އެއްޗެއް ކަމަށެވެ. ޑޮކްޓަރީ ބޭސް ބޭނުންކުރަމުން އިސްބަޤްލް ބޭނުންކުރުމުން އިތުރަށް ފައިދާކުރާނެ ކަމަށެވެ.
(ޑރ. ސުރޭޝްއަކީ އޮސްޓްރޭލިޔާގައި މަސައްކަތްކުރުމަށްފަހު މިހާރު އެސްޕީފޯޓުގެ އެންމެ ސީނިއަރ އެތެރެހަށީގެ ބަލިތަކުގެ އެއް ސްޕެޗަލިސްޓެވެ. ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގައިވެސް ފަރުވާ ދެއެވެ.)