ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ނިޔާވުމާއި ގުޅިގެން ބާއްވާ ބައިއިލްކެޝަންގެ ސަބަބުން ކޮމަންޑޫ ދާއިރާއަށް ކުއްލިއަކަށް ގެނެވޭ ބޮޑު ތަރައްޤީ ފެނިފައި "މިހާރު ބޭނުންވަނީ ކޮންމެ ގޮތަކުންނަމަވެސް ދާއިރާގައި ބައި އިލްކްޝަނެއް ބާއްވަން" ކަމަށް ބައެއް ދާއިރާތަކުގެ ރައްޔިތުން ބުނަން ފަށައިފިއެވެ.
"މެންބަރު މަރުވުން އެދި ދުޢާކުރަން ދީނުގަ ހުއްދަނަމަ އެދުޢާވެސް ބައަކު ކުރާ ހިސާބުގަ ކަންކަން މިއޮތީ! ދެރައީ އެއްވެސް މީހަކު އަވަހަށް މަރުވުން އެދި ދުޢާކުރުން ދީނުގަ ހުއްދަ ނޫންކަން.! ދީނުގަ ހުއްދަ ކަންކަމެއް ނޫނެއް ނޫންތޯ ސަރުކާރުންވެސް ކުރަނީ؟ އަދި ކުރަން ދޫކޮށްލާފަ އޮތީކީވެސް! އެހެންވީމާ އެދުޢާކުރާބައަކު ނެތްކަމެއްވެސް މިހާރަކު ޔަޤީނެއް ނޫން!"
"ބައްލަވަ އިދިކޮޅު ކެންޑިޑޭޓް ތިމަންނަ ހޮވައިދީފިނަމަ މިވެނިކަމެއް ކޮށްދޭނަމޭ ބުނާއިރަށް ސަރުކާރުން އެބަ ކޮށްދޭ! ބަޖެޓް އޮތީ އޮތްތަނަކު. ކެންޕޭނަށް މިހާރު ސަރުކާރުގެ ކުންފުނިތައްލައްވައިވެސް ކަންކަން އެކުރުވަނީ! ކޮންމެ ދާއިރާއަކަށްވެސް ތަރައްޤީ ބޭނުންވާނެ! ނަމަވެސް މިހާރުވެސް ފެންނާނެ ހަމައެކަނި ނަމަކަށް ތަރައްޤީގެ މަޝްރޫޢޫތައް ހިންގާ ދާއިރާތައްވެސް. އެ ދާއިރާތަކަށްވެސް ހަމަ ބާރު ސްޕީޑްގަ ތަރައްޤީ ބޭނުންވެއޭ އިނގޭތޯ؟"
މިއީ މިއަދުނޫހަށް މައުލޫމާތުދިން ބައެއް ފަރާތަކުން ބުނެފައިވާ ބަސްތަކެވެ!