ދިރާގުން ޑެއިލީ ރިފްރެޝްޑް ޑޭޓާ ބަންޑަލްތައް ތައާރަފް ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދިރާގުން ޑެއިލީ ރިފްރެޝްޑް ޑޭޓާ ބަންޑަލްތައް ތައާރަފް ކޮށްފި

ދިރާގުން "ސަޅި ޑެއިލީ ޑޭޓާ"ގެ ނަމުގައި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބަންޑުލްއެއް ތައާރަފްކޮށްފިއެވެ.

މިކަމާގުޅިގެން ދިރާގުން ބުނެފައިވަނީ މި ޑެއިލީ ރިފްރެޝްޑް ޑޭޓާ ބަންޑަލްތައް ތަައާރަފްކުރުމާއެކު، އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އެކްޓިވޭޝަނަކުން އިތުރު ޑޭޓާ ބެނެފިޓްސް ލިބިގަތުމަށް ސަޅި90، ސަޅި150 އަދި ސަޅި210 އިން އިހްތިޔާރު ކުރެވޭނެ ކަމަށެވެ.

ސަޅި 90" ޕެކޭޖު އެކްޓިވޭޓް ކުރުމުން ދުވާލަކު 1ޖީބީގެ ޑޭޓާ ލިބޭނެ އެވެ. އެއާ އެކު 60 ޖީބީ އެންޓަޓެއިންމެންޓް ބޭނުމަށް ލިބޭނެ އެވެ. "ސަޅި 150" ޕެކޭޖެއް ނަގައިގެން ދުވާލަކު 2ޖީބީ ހިލޭ ލިބޭ އިރު 90 ޖީބީ އެންޓަޓެއިންމެންޓް ބޭނުމަށް ލިބޭނެ އެވެ. އަދި "ސަޅި 210" ޕެކޭޖުގެ ދަށުން ދުވާލަކު 3ޖީބީ ހިލޭ ލިބޭނެ އެވެ. އެއާ އެކު އެންޓަޓެއިންމެންޓް ބޭނުމަށް 120 ޖީބީ ލިބޭނެ އެވެ. އެންޓަޓެއިންމެންޓް ބޭނުމަށް ލިބޭ ޑޭޓާއިން ދިރާގު ޓީވީ އާއި ނެޓްފްލިކްސްގެ އިތުރުން ސޯޝަލް މީޑިއާގެ ފްލެޓްފޯމުތަކުގެ ބޭނުން ކުރެވޭނެ އެވެ.

ދިރާގުން އާމިލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ތަފާތު ފައިދާތައް ލިބި، ބޮޑެތި ޑޭޓް އެލަވަންސްތައް ލިބި، ޑޭޓާއަށް އިތުރު އަގު ލިބުމުގެ ފުރުސަތު ލިބޭ ގޮތަށް ސަޅި ޑެއިލީ ޑޭޓާ ބަންޑަލްތަކެއް ތައާރަފުކޮށްފައިވާ ކަަމަށް ދިރާގުން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން