މުންކަރާތްތަކާ ދެކޮޅަށް ފާޅުކަންބޮޑު ގޮތެއްގަ މަސައްކަތްކުރަން ޝައިޚް ޙަސަން ލަޠީފް އެދިވަޑައިގެންފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މުންކަރާތްތަކާ ދެކޮޅަށް ފާޅުކަންބޮޑު ގޮތެއްގަ މަސައްކަތްކުރަން ޝައިޚް ޙަސަން ލަޠީފް އެދިވަޑައިގެންފި!

"ޤައުމުގެ އަމަން އަމާންކަމާއި ރައްކާތެރިކަމަށްޓަކައި މުންކަރާތްތަކުން ދުރުވެ ތިބުން ވަރަށް މުހިއްމެވެ. މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ޖަމްޢިއްޔާތައް ހަދައި ވޯކްޝޮޕްތައް ބާއްވައި ރަށުތެރޭގައި ބިލް ބޯޑުތައް ބެހެއްޓުން މުހިއްމުކަމުގައި ދެކެމެވެ."

- ޝައިޚް ޙަސަން ލަޠީފް 

އަދިވެސް ޝައިޚް ވިދާޅުވެފައިވެއެވެ. 

"ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުން، މި ޖަޒީރާތަކުގައި ދިވެހިން އުޅެމުން ދަނީ ވަރަށް އަމާންކަމާއެކު. ނަމަވެސް މި ނިޢްމަތަށް ޝުކުރުކޮށް ﷲ އަށް ކިޔަމަންތެރި ވުމުގެ ބަދަލުގައި ނުކިޔަމަންތެރިކަން އިސްކޮށް ފިނަމަ ﷲ ގެ ކޯފާ އަންނާކަށް ލަހެއް ފަހެއް ނުވާނެ. ވިސްނާށޭ ޤައުމު!" 

ޝައިޚް ޙަސަން ލަޠީފް މިމޭރުމުން ވިދާޅުވާއިރު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށް ބޮޑެތި މުންކަރާތްތައް ހިންގައި ދިވަހި މުޖުތަމައު ފަސާދަކޮށް އިސްލާމް ދީނުން ބޭރުކުރަން ފައުޅުގަ ކުރަމުން ގެންދާ ކަންކަމަށް ސަރުކާރުން ގެންދަނީ ހިތްވަރުދެމުންނެވެ. އަދި ރައްޔިތު މީހާގެ ޖީބޭ ކިޔައި، ޖީބު ތަނަވަސްކުރަނީއޭ ކިޔައިގެން ސަރުކާރުގެ ވެރިން ގެންދަނީ އެކަންކަން ކުރިއަރުވަން ހިތްވަރުދެމުންނެވެ. 

 

މިއަދު އޮންލައިން