ތިމާ ލީ ވޯޓާއިމެދު ފަހުން ހިތާމަކުރަންޖެހޭނެ، ޢަޛާބުން ސަލާމަތްވެވޭނެ ވޯޓެއްކަން ޔަޤީންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިމާ ލީ ވޯޓާއިމެދު ފަހުން ހިތާމަކުރަންޖެހޭނެ، ޢަޛާބުން ސަލާމަތްވެވޭނެ ވޯޓެއްކަން ޔަޤީންކުރާށެވެ!

އެމީހެއްހެ ސަބަބުން އިސްލާމް ދީނަށް ނަޞްރު ލިބިއްޖެނަމަ އެކަމަށް ޘަވާބު ދެއްވަވާ ފަދައިން އެމީހެއްގެ ސަބަބުން އިސްލާމް ދީނަސް ދެރަ ނިކަމެތިކަމެތި ކަމެއް ލިބިއްޖެނަމަ އެކަމަށްވެސް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. 

ފާއިތުވި އިންތިޚާބުތަކުގައި ލެވުނު ވޯޓުގެ ސަބަބުން ހިތާމަކުރަންޖެހިފައިވާ ރައްޔިތުން މަދެއް ނޫނެވެ. ދާއިރާތައްވެސް ބައިވަރެވެ. ވީމާ މިއީ ކޮންމެ މީހަކު ކޮންމެކަމަކަށް ވޯޓުލީ ނަމަވެސް އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަންތަކެވެ. 

އަތަށް އަރާ ފައިސާކޮޅާ ފެނިދާނެ ކަމަށް އުންމީދުކުރާ ހުވަފެނުގައި އާޚިރަތް ދުވަހު ދެރަވެ ހިތާމަކުރަންޖެހިދާނެ މީހަކަށް ނުވާށެވެ! އެދުވަހު އެއްވެސް ސިޔާށީ ޕާޓީއަކަށް އަދި އެއްވެސް ސިޔާސީ ލީޑަރަކަށްވެސް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ހުރިހާ ކަމެއް ނިންމަވާނީ ﷲ ތަޢާލާއެވެ. އެންމެ އިންބާފުވެރިގޮތުގައެވެ. ނަރަކައަށް ވަންނަން ޖެހޭ އެންމެންވެސް ވަންނާނީ ކުށް ޤަބޫލުކުރާ ޙާލު އެކަމަށް ރުހި ޤަބޫލުވެގެންނެވެ. 

"ވޯޓަކީ އަމާނާތެއް. އެއީ ވަކި ޕާޓީއެއްގެ މީހަކަށްވެގެން، ނުވަތަ ގިނަ ފައިސާ ދޭމީހަކަށް ވިއްކާލާ އެއްޗަކަށް ހަދައިގެން ނުވާނެ. އެންމެ ޤާބިލް، އެންމެ އިޚްލާޞްތެރި ކެނޑިޑޭޓަށް ދޭންޖެހޭ އެއްޗެއް. މިއަމާނާތަށް ރައްކާތެރި ނުވެވިއްޖެނަމަ އެކަމުގެ ހިތާމަ ފަހުން ކުރަން ޖެހިދާނެ." 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

 

މިއަދު އޮންލައިން