ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފިއެވެ. އެމްޑީޕީއަށް 1401 ވޯޓެވެ. އެމްޑީޕީއާއި ދެކޮޅަށް 1484 އެވެ.
ޔަޤީންވެގެންމިދިއައީ 2000 ވަރަކަށް މީހުންގެ އާބާދީއަކަށް 2،3 މަސްވަންދެން ސަރުކާރުގެ ހުރިހާ ސަމާލުކަމެއްދީ، އިދިކޮޅުން ކަމެއްކޮށްދޭންބުނާއިރަށް ވަގުތުން އެކަމެއްކޮށްދީ، ކޯލިޝަނުގެ 4 ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބްރައީސް ވެސް ރައްޔިތުންގެ ވިސްނުން އެމްޑީޕީއަށް ބަދަލުކޮށް ބޮޑުތަނުން ވޯޓު ކާމިޔާބުކުރަން ކުރި މަސައްކަތުގެ ނަތީޖާއެވެ. އެނަތީޖާއަކީ 2000 އިންތިޚާބު ކާމިޔާބުކުރަން ސަރުކާރުގެ ހުރިހާ ބާރާއި ނުފޫޒުތަކެއް ބޭނުންކުރަމުންގޮސް މެކްހުގައި ހުރިހައި ހުރިހާ ކަމެއް ކުރުމުން ނެރެވުނު ނަތީޖާއެވެ.
ޤާނޫނު މިހާރު އޮތްގޮތުން ގޮނޑި އެމްޑީޕީޢަށް ލިބިއްޖެއެވެ. ގޮނޑި ލިބޭނީ ވޯޓުލީ މީޙޫންގެ ނުވަތަ ވޯޓުލާންޖެހޭ މީޙުންގެ އަޣްލަބިއްޔަތު ލިބިގެން ކަމަށް އޮތްނަމަ ނލިބޭނެއެވެ.
ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެދިނީ ހަމަ ވަރަށް ވަރުގަދަ މެސެޖެކެވެ. އެމްޑީއެން އުވާލިކަމަށް ބުނަމުން އެމްޑީއެންގެ ފިކުރުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ހިންގާކަށް ރައްޔިތުން ތާއީދެއް ނުކުރާނެއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ބޭރު ޤައުމަކަށް ވިއްކާލާކަށްވެސް ތާއީދެއް ނުކުރާނެއެވެ. އަބަދުވެސް ވަގު އައިޑީއެއް ހަދައިގެން އިސްލާމްދީން ކަތިލަމުންދުވާ މީހުންނަށް ރައްޔިތުން ތާއީދެއް ނުކުރާނެއެވެ.
ރައްޔިތުން ބޭނުންވަނީ ޢުމްރާނީ ތައްޤީ ނޫންކަމާއި އަދުލު އިންޞާފުކަން، އަދި އިސްލާމް ދީންކަން ރައްޔިތުންވަނީ މީގެކުރީގެ އިންތިޚާބުތަކުގައިވެސް ވަރަށް ރަނގަޅަށް ށާބިތުކަމާއިއެކު ދައްކައިދީފައެވެ.