"ޙަޔާތުގެ ބައިވެރިއަކަށް މުހިންމީ މަހުޖަނެއް ނޫން! ފަޤީރު ނަމަވެސް ހެޔޮލަފާ މީހެއް!" ކަމަށް ބުނާ އަޑު ދަނީ ގަދަވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
"ޙަޔާތުގެ ބައިވެރިއަކަށް މުހިންމީ މަހުޖަނެއް ނޫން! ފަޤީރު ނަމަވެސް ހެޔޮލަފާ މީހެއް!" ކަމަށް ބުނާ އަޑު ދަނީ ގަދަވަމުން!

"އެމީހެއްގެ ޙަޔާތުގެ ކަންކަން ކިޔައިދޭއިރު ގިނަ މީހުން އެންމެ ބޮޑަށް ފާހަގަކުރަނީ އެމީހަކަށް ތަނަވަސް ފިރިއަކު ލިބިފައިވާނަމަ އެކަމެވެ. އެކަމަށް ފަޚުރުވެރިވާކަމެވެ. އެހެނަސް އަޅުގަނޑު ދެކޭގޮތުގައި ޙަޔާތުގެ ބައިވެރިއަކަށް އެންމެ މުހިންމުކަންބޮޑީ ހިތްހެޔޮ، ހެޔޮލަފާ އަދި ތިމާދެކެ ލޯބިވާ ބައިވެރިއެކެވެ." 

"ދިރިއުޅުން އުޖާލާކުރަން ބޭނުމީ މަހުޖަނެއް ނޫން! ހެޔޮލަފާ ލޯބިވާ ހިތްހެޔޮ، ޢަމަލުތަކުން އޯގާތެރި ފިރިއެއް." 

"ދިރިއުޅެން ފައިސާ ބޭނުންވޭ! އެކަމަކު ހަމައެކަނި ފައިސާވެރިވުމަކުން އުފާވެރި ދިރިއުޅުމެއް ނުލިބޭނެ! އަޅުގަނޑު ދެކޭ ގޮތުގަ ތަނަވަސްކަން އެއީ ހަމައެންމެ 20 އިންސައްތަ. އަނެއް 80 އިންސައްތަ ޑޭންޖެހޭނީ ލޯތްބާ ވަފާތެރިކަމާ ބަލިވީމާ އެހީތެރިވުމާ، އޯގާތެރިކަމާއެކު މުޢާމަލާތުކުރުމާ އެކުގަ ވަގުތު ހޭދަކުރުމާ މިފަދަ ކަންކަމުގެ މައްޗަށް."

މިއަދުނޫހުގައި ކުރިއަށް ގެންދާ "ޙަޤީޤީ ޙާދިސާ" ގެ ސިލްސިލާގައި ޝާއިޢުކުރާ ވާހަކަތަކާއި ގުޅިގެން މިބާވަތުގެ ބަސްތައް ކޮމެންޓުގެ ގޮތުގައި ކިޔުންތެރިން ލިޔެފައި ހުރެއެވެ. ގުޅާފައިވެސް މިބާވަތުގެ ބަސްތައް ބުނެ ކޮމެންޓް ކުރެއެވެ. ފޯނަށް މެސެޖްވެސް ކުރެއެވެ. 

މިކަމުން އެނގެނީ ތަނަވަސްކަމުގައި ނުއުޅެވުނު ނަމަވެސް އުފާވެރިކަމުގައި ދިރިއުޅެން ބޭނުންވާ މީހުން ގިނަވާކަމެވެ. މީގެތެރޭގައި އަންހެނުންވެސް އަދި ފިރިހެނުންވެސް ހިމެނެއެވެ. ވީމާ މިއީ ވަރަށް ހެޔޮ ފާލެކެވެ. މި ކަމުގައި ލިބެމުންދާ ތަރުޙީބަށް ބަލައި ހޭލުންތެރިކަން އިތުރުކުރަން ޚާއްޞަ މަސައްކަތްތަކެއް ކުރަން ފަށަންވެސް މިގެންދަނީ ވިސްނަމުންނެވެ. 

- މިއަދުނޫސް

 

 

 

 

މިއަދު އޮންލައިން