ހުޅުމާލޭ ފޭސް 2 ގެ އެޗް1 ކައިރީގައި ސަޖިދައަށް ދިއައިމަ ތަޅުންގަނޑަށް ލޮޅުން އަރާގޮތަށް އަޅާފައިވާ މިސްކިތުގެ ސައުންޑް "ގިސްލާ ރޯއަޑު" ލައްވަން ފަށައިފިއެވެ. އިމާމް ކިޔަވަންފެށީމާ އަޑުއަންނަ ގޮތް އަނެއްބައަކު ސިފަކުރަނީ ބަނޑުކުނިވެފައި ހުންނަ މީހެއްގެ ބަނޑުން މެދުކެނޑުމެއްނެތި ވައިބޭރުވާ އަޑު ފަދަ އަޑެއްގެ ގޮތުގައެވެ.
އެކަން ރަނގަޅުކުރެވޭނެ އެއްވެސް ގޮތެއް އޮތްތޯ ސިޓީ ކައުންސިލާއި ގުޅާލުމުން އެނގުނީ ހުޅުމާލޭ ފޭސް 2 ގައި ހުޅުވި އެއްވެސް މިސްކިތެއް ބަލަހައްޓަން އެއްވެސް ފައިސާއެއް އަދިވެސް ދޫނުކުރާކަމެވެ.
ތަޅުންގަނޑަށް ލޮޅުން އަރާތީ ސަޖިދަކުރަން އުނދަގޫީވާގޮތަށް އަޅައިގިން މިސްކިތް ހުޅުވިތާ މިހައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރިމަތިވަމުން މިދާ މައްސަލަތައް ކުރިމަތިވާ ސަބަބު އިސްލާމިކް މިނިސްޓްރީން އަދި މިހައިތަނަށް ބަޔާންކުރިކަމެއް އެނގިފައެއް ނުވެއެވެ. އެމިނިސްޓްރީގެ ވެރިންނަކީ އަދި މީޑިއާ އޮިޝަލަކީވެސް މިއަދުނޫހުން ކުރާ ފޯނު ނަންގަވާ ބޭފުޅުން ކަމުގައި ނުވާތީ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އިސްލާމް ދީނަށް ލޯބިކުރާ ތައްޔިތުންގެ ގިނަ ބައަބުނަނީ: "އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރިފަރާތް ކަމަސްވާ އަދާލަތު ޕާޓީގެ ވެރިން ވިދާޅުވަމުން ގެންދަވަނީ އެބޭފުޅުން ރައީސް ޞާލިޙަށް ދަންނަވާ ކަންކަން ވަރަށް ފަސޭހައިން ކޮށްލަދެއްވާ ކަމަށެވެ. އެހެންކަމަށްވާއިރު ސަޖިދައިގަ އޮންނައިރު ލޮޅުން ނާރާނެ ގޮތަށް ތަޅުންގަނޑު ބަދަލުކޮށްލައިދީ ސައުންޑުން "ފޮޑިތެޅުން" ފަދަ ކަންކަން ރަނގަޅުކޮށްލައްވައި ދެއްވަން ރައީސް ޞާލިޙަށް ނުދަންނަވައި ތިބޭ ސަބަބެއް ނުވިސްނެއެވެ. މާލޭ ސިޓީ ކައުންސިލު ދެކެ ރުޅި އަންނަވަރުން ބަޖެޓު ހިފަހައްޓާލައިގެން ތިބިނަމަވެސް މިސްކިތްތަކުގެ ކަންކަން ބެލެހެއްޓޭނެ ގޮތެއް އިންތިޒާމުކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ."