ޕްރިމިއަރ ލީގުގެ މެޖުތައް މިހާރު ދިރާގު ޓީވީ އިން ބަލާލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ޕްރިމިއަރ ލީގުގެ މެޖުތައް މިހާރު ދިރާގު ޓީވީ އިން ބަލާލެވޭނެ!

ގިނަދުވަސްތަކެއްގެ އިންތިޒާރަށްފަހު ދިރާގުޓީވީ ކަސްޓަމަރުންނަށް މިހާރު ޕްރިމިއަރ ލީގްގެ މެޗުތައް ނިއޯޓިވީ (ޗެނަލް 6) މެދުވެރިކޮށް ބަލާލެވޭނެއެވެ. 

ދިރާގުން ބުނެފައިވަނީ ކަސްޓަމަރުންނަށް ޕްރިމިއަރ ލީގުގެ ފޯރިގަދަ މެޗުތައް އެޗްޑީ ކޮލިޓީ އަދި އެންމެ ހެޔޮއަގުގައި ބަލާލެވޭނެ ކަމަށާއި ނިއޯ ޓީވީ ޗެނަލް ދިރާގު ޓީވީ އަދި ދިރާގު ޕްލޭގެ ހުރިހާ ޕެކޭޖްތަކެއްގައި ހިމަނާފައިވާނެކަމަށެވެ.

ދިރާގު ޓީވީ މެނޭޖަރ ޒިހާރު ޒަރީރު ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފުޓުބޯޅަ އަށް ފޯރިހުންނަ ފަރާތްރަތަކަށް މި ހަބަރު ޙިއްސާ ކުރަނީ ނުހަނު އުފަލާއެކުކަމަށައި އަދި ފާއިތުވެދިޔަ ދުވަސްތަކުގައި  ކަސްޓަމަރުން ދިރާގުޓީވީއަށް ކުރެއްވި އިތުބާރާއި ދެއްވި ތަރުހީބަށް ޝުކުރުދެންނެވިއެވެ. އަދި އިތުރަށް ފާހަނގަކުރެއްވިގޮތުގައި ކުރިއަށްއޮތްތާންގައިވެސް މަސައްކަތްކުރަމުންދާނީ ކުޅުވަރުގެ އެންމެ މަގުބޫލު ކޮންޓެންޓް ދިރާގު ޓިވީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމުގައެވެ. 

ނިއޯ ޓިވީގެ ސީނިއަރ އެގްޒެކެޓިވް، އިބްރާހިމް އަލީ ފާހަނގަކުރެއްވިގޮތުގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް އަ.އި.ޕީ ޓީވީ ޚިދުމަތް ފޯރުކޮށްދެމުންދާ ދިރާގުޓީވީ މެދުވެރިކޮށް އެންމެ ފޯރިގަދަ ޕްރިމިއަރ ލީގް މެޗުތައް ލައިވްކޮށް ރާއްޖޭގައި ދިރިއުޅޭ ފުޓުބޯޅަ ފޭނުންނަށް ގެނެސްދެވުމަކީ އުފާކުރާކަމެއްކަމުގައެވެ. ކުރިއަށް އޮތްތާންގައިވެސް މަސައްކަތްކުރަމުންދާނީ ދިރާގުޓިވީ މެދުވެރިކޮށް ތަފާތުގިނަ ކޮންޓެންޓް އެންމެ ހައި ކޮލިޓީގައި ގެނެސްދިނުމަށެވެ. 

އެންމެ މަގުބޫލު ޓީވީ ޗެނަލްތައް އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯރޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ. ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %82 ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ. 

ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.

މިއަދު އޮންލައިން