އުރީދޫ އިން ވައިބަރ މެދުވެރިކޮށް އެމް-ފައިސާ އިން ފައިސާ ފޮނުވޭގޮތް ހަަދައިފި.

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 13ސ
އުރީދޫ އިން ވައިބަރ މެދުވެރިކޮށް އެމް-ފައިސާ އިން ފައިސާ ފޮނުވޭގޮތް ހަަދައިފި.

އުރީދޫ މޯލްޑިވްސް އިން މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މެސެޖިންގ ޕްލެޓްފޯމް، ރަކުޓެން ވައިބަރ އާއި އެކު ޕާޓްނަރވެ، ވައިބަރ މެދުވެރިކޮށް ފަސޭހަކަމާއެކު އެކަކު އަނެކަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފިއެވެ.

އުރީދޫ އިން ބުނެފައިވަނީ މި އީޖާދީ ހިދުމަތް ތައާރަފްކޮށްފައިވަނީ، ވަކި ވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކޯނަރ ޝޮޕްތައްފަދަަ ކުދި ވިޔަފާރި ވެރިފަރާތްތަކަށް އިތުބާރައި ފަސޭހަ ކަމާއެކު ފައިސާ ޓްރާންސްފަރ ކުރެވޭނެ ހައްލެއް ފޯރުކޮށްދިނުމުގެ މަޤްސަދުގަ ކަމަށެވެ.

ވައިބާމެދުވެރިކޮށް އެމް-ފައިސާ އިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި  އެމް-ފައިސާ ވޮލެޓަށް 25 ރުފިޔާގެ ކޭޝްބެކް އެއް ލިބޭނެކަމުގައިވެސް އެކުންފުނިންވަނީ ބުނެފައެވެ. މި އޮފަރ ލިބިގެންދާނީ ސިލްވަރ ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅުއްވާ ކަސްޓަމަރުން ގެ ތެރެއިން މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500 ރުފިޔާ ކޭޝް-އިން ކުރައްވަައިފައިވާ ކަަސްޓަމަރުންނަށެވެ.

ވައިބަރ ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި ގައި ވަރަށް ގިނައިން ބޭނުންކުރާ މަގުބޫލު މެސެޖިންގ ޕްލެޓްފޯމެކެވެ. އދި މި ޕްލެޓްފޯމް މމެދުވެރިކޮށް ރައްޓެހިންނާއި އާއިލާ އާއި ގުޅުވާލަދިނުމުގެ އިތުރުން ބިލް ފައިސާ ދައްކާ ސްލިޕްތައް ވިޔަފާރިތަކާއި ކަސްޓަމަރުން ހިއްސާކުރާ ހިއްސަކުރުމަށް ވައިބަރ ބޭނުންކުރާ ކުރުން ވަަނީ އިތުރުވެފައެވެ. މިއާއެކު ސްކޭމް ތަކާއި ޓްރާންސެކްޝަން ސްލިޕްތައް ފޯޖް ކުރުންވެސް ވަނީ އިތުރުވެފައެވެ. އެހެންކަަމުން މި ޙިދުމަތާއެކު ކަސްޓަމަރުންގެ އެކައުންޓް ތަފްސީލް ފަދަ މުހިންމު މައުލޫމާތް ހިއްސާ ނުކޮށް،އިތުބާރާއެކު ފައިސާގެ މުއާމަލާއި ފަަހިވެގެންދެއެވެ. ވައިބަރ މެދުވެރިކޮށް އެމް-ފއިސާއިން ކާމިޔާބުކަމާއެކު ޓްރާންސްފަރ އެއް ހެދުމުން، އޮޓޯއިން ފޮނުވާ ފަރާތުގެ އިތުރުން ފއިސާ ލިބޭ ފަރާތައްވެސް ވަގުތުން ކޮންފަމޭޝަަން މެސެޖެއް ލިބި ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވާލުމުގެ ފުރުސަަތު ނައްތާލުމަށް އެހީތެރިވެދެއެވެ. އެއް ޕްލެޓްފޯރމް އެއްގެ ތެރެއިން ފަައިސާ ފޮނުވާަ މުއާމަލާތް ކުރުމުގެ ފަސޭހަ ކަސްޓަމަރުންނަަށް ފޯރުކޮށްދިނުމުގެ އިތުރުން، ޑިޖިޓަަލް ފައިނޭޝަލް ޕްލެޓްފޯރމް ތަކަށް ކަސްޓަަމަރުން އަހުލުވެރިކުރުވުމަަށްވެސް މި ޙިދުމަތުން ބާރުއެޅޭކަަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

ވައިބަރ އާއި ޕަރޓްނަރވެ ރަައްކާާތެރިކަމާއެކު ފއިސާގެ މުއާމަލާތް ކުރެވޭ މި އީޖާދީ ޙިދުމަަތް އަަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އަަޅުގަަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަަލެކެވެ. ވައިބަރ އަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމަކަށް ވުމުން، މި ޙިދުމަަަތަަކީ ކަަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރިކުރުވުމަށް އެޅޭ ވަަރަަށް ބޮޑު ބާރެއްވެސްމެއެވެ. އަޅުގަނޑުމެންގެ މުޖުތަމައުތައް އިތުރު ހަރުފަތަކަށް ގުޅުވާލަދިނުމަށް  މިފަަދަ އައު އީޖާދީ ހައްލުތައް ގެނެސްދިނުމުގައި އަބދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން. އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ޚާލިދު އަލް-ހަމާދީ ވިދާޅުވިއެވެ.

"އުރީދޫ މޯލްޑިވްސް އާއި އެކު މި ޕާރޓްނަރޝިޕް އާއި މެދު އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވަން. މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުންތަަކަަަށް ވެސްް އެކަަށޭނެ އެޕެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވައިބާއިން ކުރާ މަަސަައްކަަތުގެ ހެއްކެއް. ކޯލް އަދި މެސެޖިންގ ގެ އިތުރުން ވައިބަރ މެދުވެރިކޮށް ކަަސްޓަަަމަރުންގެ މުހިންމު މައުލޫމަތު ހިއްސާާނުކޮށް ރައްކާާތެރިކަަމާއި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް އެއްތަނަަަކުން ކުރިއަށް ގެންދިޔުމަށް މި ހިދުމަތާއެކު ފަަހިވެގެންދާނެ.  ޑޭޓާ ޕްރައިވެސީ އާއި ސެކިއުރިޓީ އަަަކީ އަބަދުވެސް ވައިބާއިން ނުހަަނު އިސްކަަމެއް ދޭ ކަަމެއް. އަދި އަޅުގަނޑުމެން ކުރިއެރުމާާއި ހިދުމަަތްތައް ބިނަކުރުމުގައި އަަަޅުގަަނޑުމެންގެ ކަަަސްޓަމަަރުންގެ ރައްކާތެރިކަން ކަށަވަރުކޮށދޭނެ ކަަމުގެ ޔަގީންކަަަން އަރުވަން" އޭޕީއޭސީގެ ރަކުޓެން ވައިބާ ސީނިއާ ޑިރެކްޓަރު ޑޭވިޑް ސޫ ވިދާޅުވި އެވެ.

ވައިބަރގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް:

1. ވައިބަރ ޗެޓް ހުޅުވާލާށެވެ.

2. ޖިފް+ ހުޅުވާލުމަށް ފަަހު އެމް-ފައިސާ ހިޔާރުކުރައްވާށެވެ.

3. "SEND MONEY" ހިޔާރުކުރަައްވާށެވެ.

4. އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާާށެވެ.

5. ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖަައްސަަވުމަށްފަަހު ޔަަގީންކުރައްވާށެވެ

6. "SHARE RECEIPT" ހިޔާރު ކުރެއްވުމުން ވައިބަރ މެދުވެރިކޮށްްް ކޮންްްފަަަރމެޝަން މެސެޖް ލިބިވަަޑަައިގަަންނަަވާާނެއެވެ.

އުރީދޫ އެޕްމެދުވެރިކޮށް އެމް-ފައިސާ އަށް ރެޖިސްޓަރ ވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބަރ މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން، މަރޗަންޓުންނަށް ފައިސާ ދައްކާލެވޭނެއެވެ. އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރެއްވޭނެއެވެ. މި ޙިދުމަަތްްްްތަައްް ލިބިގަަތުމަަށް ހުރިހާ ނެޓްވޯކެއްގެ ކަަސްޓަމަރުންނަށްވެސް އުރީދޫެ އިން މަރުހަަބާާ ކިޔައެވެ.

އެމް-ފައިސާ އަަށް ރެޖިސްޓަރ ވުމަށް އުރީދޫ އެޕް http://ore.do/app ޑައުންލޯޑްކުރައްވާށެވެ.

މިއަދު އޮންލައިން