މިއަދުގެ ރީތި ތާރީހާ ގުޅުވައިގެން އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް 22 އިންސައްތަ ޑިސްކައުންޓް ދެންފަށައިފިއެވެ.
މިކަމާގުޅިގެން އުރީދޫއިން ބުނެފައިވަނީ މި ޕްރޮމޯޝަނުގެ ދަށުން ކްލަބް ޕްރިމިއާ މެމްބަރުންނަށް ބައެއް ފިހާރަތަކާއި ރެސްޓޯރެންޓުތަކުން 22 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި އަދި ޑިސްކައުންޓް ލިބޭނީ "ޗީނޯ" އާއި "ރާދަފަތި ޖެމްސް އެންޑް ޖުވެލަރީ" އާއި "ލަޝްލީ" އާއި "ލެ ޕާފިއުމް" އާއި "ސެމިލީސް" އިން ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 28ގެ ނިޔަލަށެވެ.
