ސުވާލު: މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަޅުކަން ޤަބޫލު ކުރުމާ ނުކުރުމާ ދޭތެރޭ ވަކި މުއްދަތެއް އޮވޭތޯ؟
ޖަވާބު: رَسُولُ الله ﷺ ގެ ޙަދީޘެއްގައި އޮވޭ މަސްތުވާ ތަކެތި ބޭނުންކޮށްފިކަމަށް ވަނީނަމަ ސާޅީސް ދުވަސް ވަންދެން މާތް ﷲ އެމީހެންގެ އަޅުކަން ޤަބޫލު ނުކުރައްވާނޭ.
ދެން އަޅުކަން ޤަބޫލު ކުރެއްވުމާނުކުރެއްވުން އެއީ ﷲ ގެ حضرة އޮތް ކަމެއް އަސްލުގައި އެޙަދީޘްގައި އެ ބަޔާންކުރަންވަނީ އެކަމުގައި ހުރި ނުބައިކަމުގެ ބޮޑުކަމުގެ ވާހަކަ. ދެން މިސާލަކަށް މީހަކަށް އެފަދަކަމެއް ކުރެވުނުކަމުގައި ވީނަމަވެސް އޭގެ މާނައެއް ނޫން އޭނާ ސާޅީސް ދުވަސް ވަންދެން އަޅުކަން ނުކޮށް ހުންނާށެކޭ. އޭނާޖެހޭ އެދުވަސްވަރުގައިވެސް އޭނަޔަށް ކުރެވުނު ކަންތަކަށް ވީ އެންމެ އަވަހަކަށް ތައުބާވެ އެކަމުން ތައުބާވުމަށް އެދި ދުޢާކުރަން. އޭރުން ﷲ އޭނާގެ ތައުބާ ޤަބޫލުކޮށް ދެއްވައިފިނަމަ އޭނާގެ އަޅުކަން ޤަބޫލު ކުރައްވަން ފައްޓަވާނެ.
ދެން އަނެއްކަމަކީ ތިމަންނަގެ އަޅުކަން ސާޅީސް ދުވަސްވަންދެން ޤަބޫލު ނުކުރައްވާނޭ ކިޔާ އަޅުކަން ނުކޮށް ހުރެއްޖެނަމަ އޭގެ ސަބަބުން އިތުރު ފާފަ އަކަށް އޭނާއަށް އެ އަރައިގަނެވެނީ. އެ ސަބަބަކީ އަޅުކަން ނުކޮށްހުރުން. އަޅުކަން ކުރަން އެބަޖެހޭ. އަޅުކަން ޤަބޫލު ކުރެއްވުމާ ނުކުރެއްވުން އެއީ ﷲގެ حضرة ގައި ވާކަމެއް އަޅުގަނޑުމެންގެ މައްޗަށް އޮތްކަމަކީ އަޅުގަނޑުމެން އެކަން ކުރުން. އެހެންވީމާ އެ ނުކޮށްފިކަމުގައި ވާނީނަމަ އަކަމުގެ އަދަބު އަންނާނެ އަޅުގަނޑުމެންނަށް. އެހެންވީމަ އެކަން ދޫކޮށްލައިގެން ނުވާނެ އެއްވެސް ޙާލެއްގައި.
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް