އިސްލާމްދީނާ ޚިލާފް ލިޔުންތައް ހިމެނޭ ފޮތްތަކާއި އެކު ގިނަ ބާވަތްތަކެއްގެ ތަކެތި ކަސްޓަމްސް އިން ނައްތާލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އިސްލާމްދީނާ ޚިލާފް ލިޔުންތައް ހިމެނޭ ފޮތްތަކާއި އެކު ގިނަ ބާވަތްތަކެއްގެ ތަކެތި ކަސްޓަމްސް އިން ނައްތާލައިފި!

 

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި އިސްލާމްދީނާ ޚިލާފް ލިޔުންތައް ހިމެނޭ ފޮތްތަކާއި އެކު ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

ކަސްޓަމުން ބުނެފައިވަނީ މި ތަކެތި ނައްތާލާފައިވަނީ 24 ފެބްރުވަރީ 2022 ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަމަށެވެ.

ކަސްޓަމުން ބުނެފައިވަނީ މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތިކަމަށެވެ. 

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

 

 

މިއަދު އޮންލައިން