ކައިވެނި ލަސްވެގެން ލިބޭ މާޔޫސްކަމުގައި ޢަމަލުކުރެވޭ ގޮތަކުން ﷲ ގެ ރަޙްމަތުން މަޙްރޫމް ވެދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކައިވެނި ލަސްވެގެން ލިބޭ މާޔޫސްކަމުގައި ޢަމަލުކުރެވޭ ގޮތަކުން ﷲ ގެ ރަޙްމަތުން މަޙްރޫމް ވެދާނެއެވެ!

ކައިވެނި ނުކުރެވި ލަސްވުމަކީ ވަރަށް ގިނަ ބައަކު ކަންބޮޑުވާ ކަމެކެވެ. އަދި މާޔޫސްވުން ވެސް އިތުރުވާ ކަމެކެވެ. އެ މާޔޫސަކަމުގައި ބައެއް އަންހެނުން މަގުމައްޗަށް ނުކުމެ އެމީހުންގެ ޢިއްފަތްތެރިކަންވެސް އެބަ ނަގައިލައެވެ. އަބުރުވެސް އަމިއްލައަށް އެބަ ކަތިލައެވެ.

ބުނެލަން އޮތީ ކައިވެނި ނުކުރެވި ލަސްވާތީ ކަންބޮޑުނުވާށެވެ! ﷲ ތިބާއަށް ބައްލަވައި ވޮޑިގެންވެއެވެ. އަދި ﷲ އެވަނީ ތިބާ ވަރަށް ޚާއްޞަ ފަރާތަކަށްޓަކައި ރިޒާވްކުރައްވަވާފައިކަމަށް ޔަޤީންކުރާށެވެ! ކުރިން ބަޔާންކުރިމަގުން މާޔޫސްވެ އަތްފައިން ގޯސްހެދެނީ ކަންކަން މިބުނި މަގުން ނުވިސްނޭތީއެވެ! ﷲ ތަޢާލާ އާއިމެދު އުންމީދު ކަނޑައިލެވޭތީއެވެ. ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތަށް، ލައްވަވާނެ ރަޙްމަތަށް ޔަޤީންކަން ނެތުމުންނެވެ.

ބިރުވެތިވާށެވެ! ކުރިން ބުނިފަދައިން އަމިއްލައަށް އަބުރު ކަތިލެވި އަދި ޢިއްފަތް ނަގައިލުމުން ﷲ ތަޢާލާގެ ލައްނަތް ލިބޭ އަޅުންގެތެރޭގައި ތިބާ ހިމެނިދާނެއެވެ. އެހެން ވެއްޖެ ނަމަ ހުރިހާ ނިޢްމަތަކުން މަހްރޫމްވީއެވެ. ދެ ދުނިޔެވެސް ގެއްލިދިއައީއެވެ.

ޙަޔާތުގައި ދެރަ ގޮތްތައް މެދުވެރިވެފައިވާ އެތައް ބައަކީ ކެތްތެރި ނުވެ މަގުމައްޗަށް ނުކުމެވުނު މީހުންނެވެ. އެމީހުން އެކަމަށް އިޢްތިރާފް ނުވެދާނެއެވެ. ނަމަވެސް އެމީހުންގެ އަމިއްލަ ނަފުސަށް އަހަރެން ދެންމެ މިބުނި ބަސްތަކުގެ ތެދުކަން ޔަޤީންކުރެވޭނެއެވެ!

ވީމާ މި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! ހަމައެކަނި ކައިވެނިކުރުމެއް ނޫނެވެ. ތިމާ އެކަމަކަށް އެދިގެން ދުޢާކުރާ ކަމެއްގައިވެސް އޮތީ ހަމަ މިގެވެ. އެދޭ ކަންކަން ޙާޞީލްނުވެ ލަސްވާނީ އެމީހަކަށް އެގޮތުން ފައިދާބޮޑުވާނެތީއެވެ! ޙައްލަކީ އެކަން ޔަޤީންކުރުމެވެ. ވަކީލްކުރުމަކީވެސް އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން