ސުވާލު: މީހަކާ ނީންދެވޭގޮތަށް ހަދާފައިވާ ސިހުރުން ސަލާމަތްވެވޭނީ ކިހިނެއްތޯ؟
ޖަވާބު: އެންމެ މުހިންމު ކަމަކީ ބަރާބަރަށް ނަމާދުތަކަށް ރައްކާތެރިވުން! އަދި އެއާ އެކުގައި ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ބަރާބަރަށް ރައްކާތެރިވުމަކީވެސް އެއީ ހަމަ ވަރަށް މުހިންމުކަމެއް. އަދި އެއާއެކުގައި ﷲ ގެ حضرة އަށް އެނާއަށް އެ ދިމާވެފައިވާ ކަންތައްތަކުން ސަލާމަތް ވުން އެދި ދުޢާ ކުރުން އެއީވެސް ހަމަ ވަރަށް މުހިންމު ކަމެއް.
ދެން އެއަށް ފަހުގައި ރުޤްޔާ ކުރައްވާ ބޭފުޅެއްގެ އެހީތެރިކަމާ އެކީގައި ރުޤްޔާގެ ކަންތައްތައް ކުރިއަށް ގެންދަވާނީ! އޭރުން އެފަދަ ކަންތައްތައް ފިލައިގެން ދާނެ. ދެން އަޅުގަނޑުމެން ވަރަށް ގިނަމީހުނަށް ވާކަމެއް އެއީ އެކަހަލަ ކަންތައްތައް ޖެހުނީމާ މުޅިންވެސް ރުޤްޔާއާ ދިމާލަށް އަޅުގަނޑުމެންނަށް ދެވޭގޮތްވަނީ! އެކަމުގެ އަސްލު އަޅުގަނޑު މެންނަކަށް ނުވެއްބެލޭ! އަސްލަކީ އެއީ އަޅުގަނޑުމެން އަދި ރުޤްޔާ ކުރައްވާ ބޭފުޅެއް ކައިރިއަށް ދިޔަ ކަމުގައިވީނަމަވެސް އެބޭފުޅަކުވެސް އެކަމަށް ފަރުވާ ހޯއްދަވާ ދެއްވުމަށްޓަކައި މަސައްކަތް ކުރައްވާނީ.
އެހެންނަމަވެސް އެ މަސައްކަތުގެ ކާމިޔާބީ އަންނާނީ އެމީހަކު ﷲގެ حضرة އަށް އޮންނަ ގުޅުން ވަރުގަދަކޮށްގެން. އެސަބަބަކީ ޝިފާ ދެއްވާ ފަރާތަކީ ﷲ سُبْحَانَه وَتَعَالَى އަޅުގަނޑުމެން އިންސާނުން ކުރާނެ ކަމަކީ އެއީ ޝިފާ ހޯދާދިނުމަށް މަސައްކަތް ކުރުން. އެހެންވީމާ އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް ﷲ سُبْحَانَه وَتَعَالَى އެކަމުގެ ވަގުތުން ނުޖައްސަވާހާ ހިނދަކު އަކަމުގެ ޝިފާއެއް ނުވެއްލިބޭނެ. އެހެންވީމާ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ވީހާވެސް ބޮޑަށް ﷲ އާ އަޅުގަނޑުމެންނާ ދޭތެރޭ އޮންނަ ގުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރުން .
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް