ޝައިޠޯނާ ކުނަ މެއްސަކާއެއްވަރަށް ކުޑަކޮށްލުން- ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޝައިޠޯނާ ކުނަ މެއްސަކާއެއްވަރަށް ކުޑަކޮށްލުން- ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް!

ދުނިޔޭގެ ކަންކަމަށް ބެލި ނަމަވެސް ނުބައި ނުލަފާ މީހުންނަށް އެނުބައިކަން ދެއްކެނީ އެނާއަށް އެކަންކުރާނެ ފުރުޞަތުދެވޭތީއެވެ! ފުރުޞަތު ނުދީ އޭނާ މައިތިރިކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނަމަ އޭނާ ސައިޒުކުރެވޭނެއެވެ. އޭނާގެ ކިބައިން ސަލާމަތްވެސް ވެވޭނެއެވެ. 

ޝައިޠޯނާ ކުނަމެއްސަކާއި އެއްވަރަށް ކުޑަކޮށްލަން ބޭނުންނަމަ ބިސްމިﷲ ކިޔުން ގިނަކުރާށެވެ! ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަކުރާށެވެ! 

Ibn Katheer writes in his Tafseer of Surah an-Naas: “The Messenger of Allah (sa) said, ‘Don’t say: Perish Satan! When you do, Satan becomes larger and says: By my power I have defeated him! But if you say: Bismillah (in the name of Allah) – Satan becomes smaller and smaller until he is like a fly.’ 

(Reported by Ahmad with a strong chain) 

This Hadith proves that when the heart remembers Allah, it makes Satan smaller and smaller, while if Allah is not mentioned, Satan overcomes him and he becomes stronger.”

(Tafseer Ibn Katheer, Juzz Amma) 

ދެން މިއާޔަތް ބައްލަވާށެވެ! 

"ރަޙްމާންވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ ޝައިޠޯނެއް ފާކުރައްވާހުށީމެވެ. ފަހެ، ޝައިޠޯނާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ."

(އައްޒުޚްރޫފް: 36) 

މިއާޔަތުން އެނގެން މިދަނީ ﷲ ތަޢާލާ ހަނދުމަކުރުމުން ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކަން ދެއްވަވާނެ ކަމެވެ. އަދި އެމީހާ ﷲ ތަޢާލާގެމަތިން ހަނދުމަނުކުރާނަމަ އެމީހާގެ މައްޗަށް ޝައިޠޯނެއް ފައުކުރައްވަވާނެ ކަމެވެ. 

ޛިކުރުކުރުމުގެ މާތްކަމުގެ ތެރޭގައި: އެކަމަކީ ޝައިޠާނާ ދުރުކޮށްދޭނެކަމެއްކަން ޔަޤީންވެގެންދިއައީއެވެ. 

ޛިކުރުކުރުމަކީ ރަޙްމާންވަންތަ އިލާހުގެ ރުއްސަވާވޮޑިގަތުން ލިބޭނެކަމެކެވެ. ހާސްކަމާއި ހިތްދަތިކަން ހިތުން ފިލައިގެންދާނެކަމެކެވެ. ދުނިޔެމަތީގައި ހައިބަތާއި، އުފާވެރިކަމާއި، އުޖާލާކަމުގެ ފޭރާމުން ފޭރާންލައްވާނެތެވެ. އަދި އާޚިރަތުގައި ނޫރުލައްވާނެތެވެ. އިޙްސާންކަމުގެ ދޮރުންވަނުމަށްޓަކައި ނަފުސުގެ ކަންކަން ބެލެހެއްޓުމުގެ ކުޅަދާނަކަން އެ އަޅަކަށް ލިބިގެންދާނެތެވެ. 

އަދި ޛިކުރުކުރުމަކީ ނިޢުމަތްތައް އިތުރުވެ، އަދި ނުރުހޭކަންކަން ވަރަށްބޮޑަށް ދުރުކޮށްދޭނެކަމެކެވެ. ފަހެ، ޛިކުރުކުރުމަށްވުރެ؛ ﷲ عزّ وجلّ ގެ ނިޢުމަތްތައް ލިބި، ހިތްނުތަނަވަސްވުންތައް ދުރުކޮށްދޭނެ އިތުރު ކަމެއް ނުވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން