ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 22 އަލްޓްރާ ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ އޮފަރ އާއި އެކު އުރީދޫ އިން ޕްރީއޯޑަރ ކުރުމަށް ހުޅުވާލައިފިއެވެ.
5ޖީ ގެ ހަަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ގެލެކްސީ އެސް 22 އަލްޓްރާ ފަަރުމާކުރެވިފައިވަނީ ސެމްސަންގްގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާއެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ފުރިހަމަ ފޮޓޯ އަދި ވީޑިއޯ ކުރެވޭ ގޮތަށެވެ. ރީތި ކުލަތަކާއި، ކެމެރާާ ލެންސް ރިންގާއި، ޒީނަތްތެރި ފްރޭމް އަދި ސްލިމް ޑިޒައިން އިން ފޯނަަށް ގެލެކްސީ އެސް 22 އަަލްޓްރާާ އަށް ވަނީ އިތުރު ފުރިހަމަަ ކަަމެއް ގެނުވާފައެވެ.
އުރީދޫއިން ބުނެފައިވަނީ ޕްރީއޯޑަރަށް ބައްލަވައިގަންނަވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއެކު، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ، 6 މަސް ދުވަހަށް ލިބިވަޑައިގަންނަވާނެ ކަމަށާއި މި ޑޭޓާ ލިބިވަަޑައިގަންްނަވާނީ ފޯނަށް އެންމެ ފުރަަތަމަަ ލެއްވޭ އުރީދޫ ސިމަށް ކަމަށެވެ. އަދި ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑަރ ކަސްޓަމަަރުންނަށް ގެލެކްްސީ ބަޑްސް 2 އެއްްްްވެސް ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
ޕްރީއޯރޑަރަށް މިއަދު ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް 2 މާާރިޗް 2022 އިން 18 މާރިޗް 2022 އާާއި ދެމެދު ޕްރީއޯރޑަރ ކުރެވޭނެ ކަމަށާއި ޕްރީއޯރޑަރ ކުރަައްވާާ ފަަރާާތްތަަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.