ޙާޞިލު ނުކުރެވޭނެ ކަންކަމަށް ވިސްނުން - ސިކުނޑިއަށް ދެވޭނެ އެންމެ ބޮޑު އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޙާޞިލު ނުކުރެވޭނެ ކަންކަމަށް ވިސްނުން - ސިކުނޑިއަށް ދެވޭނެ އެންމެ ބޮޑު އަނިޔާ!

ކޮންމެ މީހަކުވެސް ވަރަށް ގިނަ ކަންކަން ޙާޞިލުކުރަން ބޭނުންވާނެއެވެ. ނަމަވެސް ޙާޞިލުކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ވަޒަން ކުރެވޭނެއެވެ. ތިމާގެ ކިބައިގައި ލިޔާޤަތާއި ޤާބިލިއްޔަތު ހުރި މިންވަރު ތިމާއަށް ވަޒަން ކުރެވޭނެއެވެ. އެކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ ވެސް ހަމަ އެމީހަކަށެވެ.

ވީމާ ޙާޞިލު ނުކުރެވޭނެ ކަންކަނަ ޙާޞިލުކުރުމާއިމެދު ނުވިސްނާށެވެ! އެކަން ވެގެންދާނީ ތިމާގެ ސިކުނޑިއަށް ދެވޭ އެންމެ ބޮޑު އަނިޔާއަށެވެ. މިސާލަކަށް އަތުގައި އެންމެ ޑޮލަރެއް ނެތި އަދި ލިބޭނެ ގޮތެއްވެސް ފެންނަން ނެތި ނިދަން އޮށޯވެ އޮވެގެން މާދަމާ މިލިއަނަރަކަށްވުމުގެ ހުވަފެން ދުށުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއިގެ ބަދަލުގައި މާދަމާ ބުރަ މަސައްކަތެއްކޮށްގެން ނަމަވެސް 10 ޑޮލަރު ހޯދަން ވިސްނަންވީ ނޫންހެއްޔެވެ؟

ﷲ ތަޢާލާ މީހަކަށް ކުއްލިއަކަށްވެސް ކިތަންމެ ބޮޑު ނިޢްމަތެއްވެސް ދެއްވަވައިފާނެއެވެ. ރަން ފަރުބަދައެއްވެސް ދައްކަވައިފާނެއެވެ. އެއީ މުޅިން ތަފާތު ކަމެކެވެ.

މިބުނި އުޞޫލުން ނުވިސްނައި އަމިއްލައަށް ސިކުނޑިއަށް އަނިޔާ ދޭ މީހާ އެ އަނިޔާ ލިބިގަންނަނީ އެމީހެއްގެ އަމިއްލަ ނަފަސަށެވެ! އަމިއްލަ ނަފްސަސް އަނިޔާ ލިބިނުގަންނާށެވެ! އެކަމުން ކުރާނެ ފައިދާއެއް ނެތްކަން ޤަބޫލުކުރާށެވެ!

ކައިވެނިކުރަން ވިސްނާއިރުވެސް އެމީހެއްގެ ފެންވަރުން ބައިވެރިއަކު ހޯދަން ވިސްނާށެވެ! އެއަށްވުރެ މަތިން ބައިވެރިއަކު ދެއްވެވުންވެސް ﷲ ތަޢާލާއަށް ކުޅަދުންވަންތައެވެ. އެކަމަށް އޮތީ ދުޢާ ކުރުމެވެ. ވިސްނައި މާ މަތީ ބައިވެރިއަކު ލިބުމުގެ އިންތިޒާރުގައި ހަޔާތުގެ ދުވަސްތައް ބޭކާރުކޮށްލުމެއް ނެތެވެ.

މިބުނި މީހުންގެ މިސާލު ދައްކަމުން އެއީ ފުންމައިގެން އުޑަށް އަރަން ބޭނުންވާ މީހުން ކަމަށް ބުނެއެވެ. އެފަދަ މީހަކަށް ނުވާށެވެ. ޙާޞިލުކުރެވޭނެ ލަނޑުދަނޑިތައް ޙާޞިލުކުރަން މަސައްކަތްކުރާށެވެ! އިތުރު ކުރިއެރުމަށް އުންމީދުކުރާށެވެ! އެއިރުން އަމިއްލަ ނަފްސަށް ވެސް ވަރަށް ލުއިވާނެއެވެ. ކުރަން ބޭނުންވާ ކަންކަން ކާމިޔާބުކުރަންވެސް ފަސޭހަވެގެންދާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން