ރީތި އަގުބޮޑު ފޭރާން ނުލިބޭތީ ދެރަނުވާށެވެ! ދުނިޔޭގަ ކިތަންމެ ރީތި ފޭރާމެއްލީނަމަވެސް އެލެވެނީ ޖަލުގެ ފޭރާމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރީތި އަގުބޮޑު ފޭރާން ނުލިބޭތީ ދެރަނުވާށެވެ! ދުނިޔޭގަ ކިތަންމެ ރީތި ފޭރާމެއްލީނަމަވެސް އެލެވެނީ ޖަލުގެ ފޭރާމެވެ!

ގިނަބައަކު އެންމެ ބޮޑަށް ދެރަވާ އަދި ލަދުގަންނަ އެއް ކަމަކީ އަގުބޮޑު، ރީތިފޭރާން ލާން ނުލިބުމެވެ. ނަމަވެސް އެއީ ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. އަދި ދެރަވާންޖެހެންވީ ކަމެއްވެސް ނޫނެވެ. ސަބަބަކީ ދުނިޔެއަކީ މުއްމިނުންގެ ހުރަގެއެވެ. ހުރަގޭގައި ލާފޭރާމަކީ ހުރަގޭގެ ފޭރާމެވެ. ޖަލުގެ ޔުނިފޯމެވެ.

މަސައްކަތްކުރަންވީ ސުވަރުގެ ވައްދަވާ އަޅަކު ކަމުގައި ވެވޭތޯއެވެ! ސުވަރުގޭގެ އަގުބޮޑު ފޭރާމުން ފޭރާންލެވިއްޖެނަމަ ނިމުނީއެވެ. އެދުވަހުން ފޭރާން ދެއްވަވާނީ ދުނިޔޭގައި ލައިއުޅުނު ފޭރާމަށް ބައްލަވައިގެނެއް ނޫނެވެ. އެމީހާ ކުރި ހެޔޮ ޢަމަލުތަކަށް ބައްލަވައިގެންނެވެ.

ސުވަރުގޭގައި ގިނަވާނީ ފަޤީރުންނެވެ. އެކަމުންވެސް އެނގެނީ ސުވަރުގޭގެ އަގުބޮޑު ފޭރާން ދެއްވަވާނެ ގިނަ އަޅުންނަކީ ދުނިޔޭގައި އަގުބޮޑު ފޭރާން ލައިއުޅުނު މީހުންނޫން ކަމެވެ. މީގެ އިތުރުން ހެޔޮލަފާ ގޮތުގައި ދުނިޔޭގައި އުޅުނު މީހުންގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ފައިބާ ވަޑައިގަންނަވަނީ ސުވަރުގޭގެ ފޭރާން ހިއްޕަވައިގެންނެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް ފުރާނަ އުފުއްލެވޭހިނދު ސުވަރުގޭގެ ފާރާމުގައި ފުރާނަވުމަށްޓަކައެވެ. ވީމާ ދުިޔޭގައި ލައި އުޅޭ ފޭރާމާއިމެދު ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން